ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ހުންނަ ޝެއިހް ޒައިދު މިސްކިތަށް ވަނުމަށް، ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ސޮނާކްޝީ ސިންހަ ބުރުގާ އެޅުމުން އިންޑިއާގައި ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ހުންނަ ޝެއިހް ޒައިދު މިސްކިތަށް ވަނުމަށް، ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ސޮނާކްޝީ ސިންހަ ބުރުގާ އެޅުމުން އިންޑިއާގައި ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
ދީޕިކާ އެ މިސްކިތަށް ވަނީ އަބޫ ދާބީގެ ޓޫރިޒަމް އިޝްތިހާރުކުރަން ވީޑިއޯއެއް ނަގާށެވެ. "ވިޒިޓް އަބޫ ދާބީ"ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ އެ އިޝްތިހާރުގައި ދީޕިކާއާ އެކު އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވެސް ފެނެ އެވެ.
އެ އިޝްތިހާރުގައި ދީޕިކާ ހުންނަނީ ބުރުގާ އަޅައިގެން އަދި އަބާޔާ ވެސް ލައިގެންނެވެ.
ޝެއިހް ޒައިދު މިސްކިތަށް ޒިޔާރަތްކުރާ އަންހެނުން މިސްކިތުގެ އެތެރެއަށް ވަންނައިރު ބުރުގާ އަޅަން ޖެހެ އެވެ. ވަރަށް ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ އެތަނުގައި މިސްކިތަށް ވަންނަން ބޭނުންވާ އަންހެނުން ބޭނުންކުރަން އަބާޔާ އާއި ބުރުގާ ލިބެން ވެސް ހުރެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އާންމުކުރި އެ ވީޑިއޯއަށް ވަނީ 44.4 މިލިއަން ވިއުސް ލިބިފަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ސޮނާކްޝީ އާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް ވެސް ވަނީ ޝެއިހް ޒައިދު މިސްކިތަށް ޒިޔާރަތްކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
"އަބޫ ދާބީގެ މިތަނުން ކުޑަ ހިތްހަމަޖެހުމެއް ހޯދިއްޖެ،" އެ ފޮޓޯތައް ހިއްސާކޮށް ސޮނާކްޝީ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އިޝްތިހާރު ކުޅުމަށް ދީޕިކާ ބުރުގާ އެޅުމުން އިންޑިއާގެ ހަރުކަށި ހިންދޫން ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ހިންދޫ ދީނުގެ ހުރުމަތް ކަނޑާލުން ކަމަށް ސިފަކޮށްފަ އެވެ. އަދި ދީޕިކާ ބޮއިކޮޓްކުރަން ވެސް ގޮވާލި އެވެ.
Remember Deepika Padukone's video "My Choice"?
— Ankur Singh (@iAnkurSingh) October 7, 2025
"To wear a Bindi or not, my choice"
"I decide the clothes I wear"
Now Deepika Padukone has made video promoting Abu Dhabi tourism wearing Hijab.
What happened to "My Choice"? pic.twitter.com/y6bbIrqGYs
ނަމަވެސް، ދީޕިކާގެ ފޭނުން ވަނީ އޭނާ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ފޭނުން ބުނީ މިސްކިތަށް ޒިޔާރާތްކުރާ އަންހެނުން ބުރުގާ އެޅުމަކީ އެތަނުގެ ހުރުމަތް ހިފެހެއްޓުމާއި އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމަކަށް ވާތީ، ދީޕިކާ ވެސް އެކަން ކުރީ ކަމަށެވެ.
ސޮނާކްޝީ ބުރުގާ އެޅުމުން ފާޑުކިޔާއިރު، މިސްކިތުގެ ގޯތި ތެރޭގައި އޭނާ ފައިވާނަށް އަރައިގެން ހުރުމުން އިންޑިއާގެ މުސްލިމުން ވަނީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެ ކޮމެންޓުތަކަށް ރައްދު ދީ، ސޮނާކްޝީ ބުނެފައި ވަނީ ފައިވާން ބާލަން ޖެހެނީ މިސްކިތުގެ އެތެރެއަށް ވަންނަން ކަމަށާއި އޭނާ ފައިވާނަށް އަރައިގެން ހުރީ މިސްކިތުގެ ގޯތި ތެރޭގައި އެކަނި ކަމަށެވެ.
ސޮނާކްޝީގެ ފިރިމީހާ ޒަހީރަކީ މުސްލިމަކަށް ވާތީ، ދޭތެރެދޭތެރެއިން އޭނާއަށް މި ކަހަލަ އެތައް ފާޑުކިޔުމެއް އަމާޒުވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރަންވީރާއި ދިޕިކާގެ ދުއާގެ ފޮޓޯއެއް
ސޮނާކްޝީއަށް ރާއްޖެއަކީ އަމިއްލަ ގެ
ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ނަމަކީ "ދުޢާ"
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ދީޕިކާ ބަލިވެއިނުމުން ރަންވީރް ޗުއްޓީއަށް ދަނީ