01 ނޮވެމްބަރ 2024
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންވީރް ސިންގާއި ދީޕިކާ ޕަޑުކޯންގެ ފުރަތަމަ ދަރިފުޅަށް "ދުޢާ"ގެ ނަން ދީފި އެވެ.
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންވީރް ސިންގާއި ދީޕިކާ ޕަޑުކޯންގެ ފުރަތަމަ ދަރިފުޅަށް "ދުޢާ"ގެ ނަން ދީފި އެވެ.
އެ ދެމަފިރިން ވަނީ ދަރިފުޅަށް ދީފައިވާ ނަން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އިއުލާންކޮށްފަ އެވެ. އަދި ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ފޮޓޯއެއް ވެސް ހިއްސާކުރި އެވެ.
ދަރިފުޅުގެ ފުރިހަމަ ނަމަކީ ދުޢާ ޕަޑުކޯން ސިންގެވެ.
ދީޕިކާގެ ޕޯސްޓުގައި ބުނީ "ދުޢާ" މި ނަމުގެ މާނައަކީ އަޅުކަން ކަމަށެވެ. އެ ދަރިފުޅު ލިބުނީ އެ ދެމަފިރިން ކުރި ދުޢާގެ ސަބަބުން ކަމަށް ވާތީ ދަރިފުޅަށް އެ ނަން ދޭން ނިންމީ ކަމަށް ވެސް ދީޕިކާ ބުންޏެވެ.
"އަހަރެމެންގެ ހިތްތައް ވަނީ ލޯތްބާއި ޝުކުރުވެރިކަމުން ފުރިފައި،" ދީޕިކާ ބުންޏެވެ.
ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު އަށެއްގަ އެވެ.
އެ ދެމަފިރިން ވެސް ވަނީ އަލަތު ދަރިފުޅު ލިބުމާ އެކު ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައިފަ އެވެ.
ދީޕިކާ އާއި ރަންވީރް ކައިވެނިކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. އެ މީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވީ ފަހުންނެވެ.
ދީޕިކާ ބަނޑުބޮޑު ކަމަށް ރިޕޯޓްތައް ބުނެފި
ދީޕިކާ ސޯޝަލް މީޑިއާއާ ދުރަށް
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ދީޕިކާ ބަލިވެއިނުމުން ރަންވީރް ޗުއްޓީއަށް ދަނީ
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
"ކޮފީ ވިތު ކަރަން" އަށް ފުރަތަމަ ރަންވީރާއި ދީޕިކާ
"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ
ދުވަސްތަކަކަށް ފަހު ރަންވީރާއި ދީޕީކާގެ ވީޑިއޯއެއް
ދީޕިކާ އާއި ރަންވީރު ވަކިވާން އުޅޭކަމުގެ އަޑުތަކެއް