ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް ބޭރުން ފައިނޭންސިން ހޯދަން ދަތިވެފައިވާ ކަމަށް ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ދާއިރާ އިން ރައީސަށް ލަފާ އަރުވަން ހާއްސަ ކުރައްވާފައިވާ އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހައްމަދު ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
13 އޮކްޓޯބަރ 2025
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް ބޭރުން ފައިނޭންސިން ހޯދަން ދަތިވެފައިވާ ކަމަށް ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ދާއިރާ އިން ރައީސަށް ލަފާ އަރުވަން ހާއްސަ ކުރައްވާފައިވާ އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހައްމަދު ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމްގައި ހަލީލް ވިދާޅުވީ، ބީއެމްއެލް އިން ކޮންމެވެސް ވަރެއްގެ ފައިނޭންސިންއެއް ލިބުނަސް އެންމެ އެކަށީގެންވާ ގޮތެއްގައި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް 70 ވަރަކަށް ރިސޯޓު ނުހެދި މަޑުޖެހިފައިވަނީ ބޭނުންވާ ފައިނޭންސިން ނުލިބުމުގެ ސަބަބުން ކަމަށެވެ.
ހަލީލް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގެ "ރިޓާން އޮން އިންވެސްޓްމެންޓް" ނުވަތަ އެ ދާއިރާއަށް ކުރާ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާ ވެސް ދަށްވަމުން ދާ ކަމަށެވެ.
ހަލީލު ވިދާޅުވީ، މިއަދު ޓޫރިޒަމްގެ ވާހަކަތައް ދައްކާއިރު ލިބޭ އާމްދަނީ އާއި އޮކިއުޕެންސީ އަޅާ ކިއުން ވަރަށް މުހިއްމު ކަމަށެވެ. ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ 42 ޕަސެންޓް ބެޑް ކެޕޭސިޓީ ބޭނުން ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެކަން ހައްލު ކުރާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޖީއެމް ފޯރަމްގަައި އެ ދާއިރާގެ ތަޖުރިބާކާރުން މަޝްވަރާ ކުރަައްވަނީ.
"މިދިޔަ ދެތިން މަހު ރިސޯޓުތަކުގެ ޕާފޯމެންސަށް ބަލާއިރު އާމްދަނީ އިތުރުވިއަސް، އާމްދަނީ އިތުރު ކުރުމުގެ ޕޮޓެންޝަލް އަށް ބަލާއިރު އެ ފުރުސަތުތައް މި ވަނީ ހަނިވެފައި. ރާއްޖޭގެ ޓޫރިޒަމާއި އެހެން ޓޫރިޒަމް ފުޅާވާ ގައުމުތަކާ އަޅާ ކިޔަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ޓޫރިޒަމް ކުރިއަރަނީ އެންމެ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށާއި މިއަދު ޓޫރިޒަމަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުން ނޫން ކަމަށެވެ. އަދި ޓޫރިޒަމް ފުޅާވަމުން އަންނަ އެހެން މަންޒިލްތަކާ ރާއްޖެއާ އަޅާ ކިޔައި، އެ ދާއިރާ އެހެން ގޮތްގޮތަށް ޑައިވާސިފައި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވެގެން އެކަނި މި ދާއިރާ އަށް ކުރިއެރުން ނުލިބޭނެ ކަމަށެވެ.
ހަލީލު ވަނީ ޓޫރިޒަމް ދާއިރާ ޕްރޮމޯޓުކުރުމުގައި މި ފަހުން ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ދާއިރާތަކާ ގުޅޭ ގޮތުން ވެސް ހިޔާލު ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި "ހަލާލް" ޓޫރިޒަމްގެ ސިޔާސަތު ހިމެނެ އެވެ.
"މިކަމުގެ ވާހަކަތައް [ހަލާލު ޓޫރިޒަމް] މާބޮޑަށް ދެއްކުމުގެ ބޭނުމެއް ނެތް. ހަލާލު ޓޫރިޒަމް ތައާރަފް ކުރުމުގެ ވާހަކަ ދައްކާ އިރު އޭގެ މާނައަކީ މިދިޔަ 50 އަހަރު ރާއްޖޭގައި އޮތީ ހަރާމް ޓޫރިޒަމް ކަމަށް. އެއީ ރަނގަޅު ވާހަކައެއް ނޫން. މުސްލިމް ޓޫރިސްޓުން މިހާރު ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް އާދޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ޓޫރިސްޓުން އިތުރުވިޔަސް ޓާގެޓް ހާސިލް ނުވެދާނެ
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
"ދަ ވިޗާ"ގެ ޕްރިމިއާގެ ކުރިން ލިއަމް ރާއްޖޭގައި
"ޓޫރިޒަމްގައި ރިސޯޓު މެނޭޖަރުންގެ ދައުރު ބޮޑު"
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް