އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި މި އަހަރު ހަތް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ދޭނެ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މި ފަހަރު ހިމެނޭ ދާއިރާތަކަކީ، މާކެޓިން އެންޑް ޕީއާރާއި އެޑްމިން އާއި ފައިނޭންސް އާއި ޕްރޮކިއުމެންޓް އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އިންޖިނިއަރިންނެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ނުވާ އަދި ގްރޭޑް 10 އެއް ނިންމާފައިވާ ކުދިންނަށެވެ.
އެމްޕީއެލް އިން ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ގޫގުލް ފޯމު ފުރުމަށް އެދިފަ އެވެ.
އެ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ، ސީވީ، ސްކޫލް ލީވިން ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް، އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 3039638 ނުވަތަ 3039636 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް އެދެމެވެ. އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވާ ކުދިންނަށް ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 30 އަށް ވުރެ ގިނަ ކުދިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅޭނެ އެވެ.
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް "މެންޓާ"ގެ ގޮތުގައި އެ ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުން ކަނޑައަޅާނެ އެވެ. އަދި އެ ޕްރޮގްރާމަށް ހޮވޭ ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ހުނަރުތައް ދަސްކޮށްދިނުމުގައި އެ މުވައްޒަފުން އަމަލީގޮތުން އެހީތެރިވާނެ އެވެ.
ބަލިކަށި މަގަތުފާލަމަކާ ހެދި ބޮޑު ރިސްކެއްގައި!
ހާލަތު ބަލަން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް
"ސެކިއުރިޓީ ވަރުގަދަކުރަން ފިޔަވަޅުތައް ފަށައިފިން"
މައި ބަނދަރަށް ބޭނުމީ ވަގުންނަށް ނުހުޅުވޭ ތަޅެއް
ބޯޓުތަކުން 4،720 ފިޔާ ބަސްތާ ބާލައިފި
މޫސުން ގޯސްވެ، ބާޒާރުން ފިޔާ ހުސްވެއްޖެ
ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން އަގުތައް ހެޔޮވާނެ؟
"އަހަރު ނިމޭއިރު ފައިދާ ނެރޭ ކުންފުންޏަކަށް ހަދާނަން"
ރިޝްވާނަށް އޮތީ 3.5 ބިލިއަންގެ އާ ބަނދަރު ނިންމުން
ރޯދަ މަހު ކްލިއާ ކުރާނީ ދުވާލަކު 150 ކޮންޓެއިނަރު