ބާސެލޯނާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ، އޭނާއަށް މި މަހު ކުޅޭ ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ ނުކުޅެވޭނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
ބާސެލޯނާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ، އޭނާއަށް މި މަހު ކުޅޭ ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ ނުކުޅެވޭނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
"ރޮބާޓް ލެވަންޑޯސްކީގެ ވާތު ފައިގެ ފަލަމަސްގަނޑަށް ވަނީ ހޭމްސްޓްރިންގް އަނިޔާއެއް ކުރިމަތިވެފައި. އޭނާ ޓީމާ ދުރުގައި ހުންނަ އިރު، އަނިޔާގެ މުއްދަތު ދެނެގަނެވޭނީ ކުރިއަށް ދާ މިންވަރަކުން،" ބާސާގެ ބަޔާނުގައިވެ އެވެ.
އުމުރުން 37 އަހަރުގެ ޕޮލެންޑްގެ ކެޕްޓަން ވަނީ އެޓީމު އެންމެ ފަހުން މި ހަފްތާ ވޯލްޑް ކަޕް ކޮލިފައިންގައި ލިތުއޭނިއާ އަތުން 2-0 އިން މޮޅުވި މެޗުގައި ފުލް ކޮށް ކުޅެ ލަނޑެއް ވެސް ޖަހައިފަ އެވެ. ނަމަވެސް ހޭމްސްޓްރިންގް އަނިޔާއަކާ ގުޅިގެން އަންނަ ހަފްތާ ބަންދުގައި ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ލެވަންޑޯސްކީ ލިތުއޭނިއާ ކޮޅަށް ގޯލެއް ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ބާސެލޯނާއިން ލެވަންޑޯސްކީ މި އަނިޔާއިން މުޅިން ރަނގަޅުވާނެ މުއްދަތެއް ބުނެފައި ނުވިޔަސް، ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި ހަތަރުވަރަކަށް ހަފްތާއަށް އޭނާ ކުޅުމާ ދުރުގައި ހުންނާނެ އެވެ.
ހަފްތާ ބަންދުގައި ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުމަށް ފަހު، މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމުގެ ކުރިން ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ވެސް ބާސެލޯނާ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާއަށް ލެވަންޑޯސްކީ ވަނީ މިހާތަނަށް ލީގުގައި ކުޅެދިން ނުވަ މެޗުން ހަތަރު ގޯލު ޖަހައިދީފަ އެވެ.
ބާސާގެ ލަމީން ޔަމާލް އާއި ފާމިން ލޮޕޭޒް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ވާއިރު ރަފީނިއާ، ގަވީ، ޑެނީ އޮލްމޯ، ގޯލްކީޕަރު މާކް-އަންޑްރޭ ޓާ ސްޓޭގަން އާއި ޔޯއާން ގާސިއާ އަދިވެސް ތިބީ އަނިޔާގަ އެވެ.
މެޑްރިޑުގައި މިފަހަރު ބާސާއަށް ބޭނުންވި ގޮތެއް ނުވި
އެލް ކްލެސިކޯގެ ކުރިން ބާސާ އިތުބާރު ހޯދައިފި
ސީޒަނުގެ އެންމެ މުހިންމު މެޗަށް ފްލިކް ސަސްޕެންޑް
ރެއާލް ބަލިކޮށް ބާސާ ޗެމްޕިއަންކަމާ ގާތަށް
އިންޓަ މެޗަށް ލެވަންޑޮސްކީ ފިޓްވެއްޖެ
ލެވަންޑޯސްކީއަށް އަނިޔާވެ މުހިއްމު ތިން ހަފްތާ ގެއްލެނީ
ކޮޕަ ޑެލް ރޭ ފައިނަލްގައި އެލް ކްލެސިކޯ އެއް
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
އެމްބާޕޭއަކީ އަހަރެން ކަހަލަ ފޯވާޑެއްނޫން: ލެވަންޑޯސްކީ
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން