ދިވެހި ރެޑްކްރެސެންޓުގެ ހަރަކާތްތައް ދެމެހެއްޓެނިިވި ގޮތުގައި ކުރިއަށް ގެންދިއުމަށް، އެ ޖަމާއަތުގެ ބިން ތަރައްގީކުރަން ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
15 އޮކްޓޯބަރ 2025
ދިވެހި ރެޑްކްރެސެންޓުގެ ހަރަކާތްތައް ދެމެހެއްޓެނިިވި ގޮތުގައި ކުރިއަށް ގެންދިއުމަށް، އެ ޖަމާއަތުގެ ބިން ތަރައްގީކުރަން ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހި ރެޑް ކްރެސެންޓުގެ ބިން ތަރައްގީކުރާނެ ގޮތުގެ ޕްލޭނިން، ފައިނޭންސް އަދި ކޮންސްޓްރަކްޝަން މަސައްކަތް ރާވައި ކުރިއަށް ގެންދާނީ ރެޑްކްރެސެންޓާއި ފަސްޓް ނެޝަނަލްއާ ގުޅިގެންނެވެ.
މިއީ ޕަބްލިކް، ޕްރައިވެޓް އަދި މުޖްތަމައުގެ ލާބައަށް އިޖްތިމާއީ މަސައްކަތެއް ކުރިއެރުވުމަށް، ބްލެންޑަޑް ފައިނޭންސް މޮޑެލްގައި ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮޖެކްޓެކެވެ.
މާގިރި ހޮޓެލްގައި އިއްޔެ އޮތް ހާއްސަ ހަފްލާއެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، އެ މަޝްރޫއަކީ ރާއްޖޭގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެޅޭ ބިންގަލެއް ކަމަށެވެ. އަދި މިފަދަ މަޝްރޫއެއްގައި މަސައްކަތްކުރަން ފަސްޓް ނެޝަނަލްއަށް ފުރުސަތު ލިބުމަކީ، ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ހަފްލާގައި ދިވެހި ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު ވިދާޅުވީ، މިއީ އެތައް އަހަރެއް ވަންދެން ދިވެހި ރެޑް ކްރެސެންޓުން ވިލަރެސްކުރަމުން އައިސްފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ އުއްމީދަކީ، އެ މަޝްރޫއު ކުރިއަށް ގެންދެވުމާއެކު، އެ ޖަމާއަތުން ފޯރުކޮށްދެމުންދާ ހިދުމަތަތްތަކާއި، ހަރަކާތްތައް އިތުރަށް ފުޅާކުރެވި ކާރިސާތަކަށް އިޖާބަދިނުމާއި، ކަރިސާގެ ހާލަތްތަކަށް ތައްޔާރުވުމަށް އަދި ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް އެޖަމާއަތުން ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނެވި ގޮތުގައި ހިންގުމަށް މަގުފަހިވެގެން ދިޔުން ކަމަށް ވިދާޅުވި އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ތާރިހުގައި ދިވެހި ރެޑް ކްރެސެންޓުގެ ހާއްސަ ވަސީލަތްތައް ތަރައްގީކުރުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ.
ހިއްސާ: ރައްކާތެރިކަމާއެކު ފަހަށް ރައްކާކުރުން
ފަހަށް ރައްކާކުރުން: އިންވެސްޓްމަންޓް ފަންޑް
ފަހަށް ރައްކާކުރުން: ބޮންޑް އަދި ސުކޫކު
ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް
އެމްއެޗްއޭ އިން 30 މިލިއަންގެ ސުކޫކެއް ވިއްކަނީ
އޭޑީކޭ ބޮންޑުގެ ފުރަތަމަ ޓްރާންޗުން 50 މިލިއަން
އޭޑީކޭ އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
ރިއަލް އެސްޓޭޓު ފަންޑުގެ ޑިވިޑެންޑް ބަހަނީ
ފަސްޓް ނެޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ވިސާމް
ޔޫރޯ މާކެޓިން ބޮންޑު: އިތުރު 7 މިލިއަން ދޫކޮށްފި