އުރީދޫ މޯލްޑިވްސްއިން ގޫގްލް ވޯކްޕްލޭސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
16 އޮކްޓޯބަރ 2025
އުރީދޫ މޯލްޑިވްސްއިން ގޫގްލް ވޯކްޕްލޭސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
އެ ޕާޓްނާޝިޕް އިއުލާނުކުރަން އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ ގޫގުލް ވޯކްޕްލޭސް ޕްލެޓްފޯމަކީ ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބި އަދި ވިޔަފާރިތައް ޑިޖިޓަލީ ބާރުވެރިވެ، ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެ ޕާޓްނާޝިޕާއެކު ވިޔަފާރިތަކަށް ބޭނުންވާނެ ގިނަ ޓޫލްތަކެއް ހެޔޮއަގުގައި ލިބޭނެ ކަމަށާއި އެއީ ގިނަ ވަސީލަތްތަކެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހަމާދީ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ތަފާތު އެކި ޑިޖިޓަލް ވަސީލަތްތައް ދިވެހިންނަށް ފޯރުކޮށްދީ، ދިވެހި ވިޔަފާރިތައް ކުރިއެރުމުގައި ބައިވެރިއަކަށް ވުމަށް ކަމަށެވެ. އަދި އެފަދަ ޕްލެޓްފޯމެއް ރާއްޖޭގެ މާކެޓަށް ގެނެސްދެވުމަކީ ރާއްޖެއަށް އަނެއްކާވެސް ލިބޭ ޑިޖިޓަލް ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.
ގޫގުލް ވޯކްސްޕޭސް އަކީ ވިޔަފާރިތަކަށް ހާއްސަ ކަސްޓަމް އީމެއިލް އެޑްރެހާއި އިތުރު ސްޓޯރޭޖާއި ގިނަ ބިޒްނަސް ޓޫލްތައް ހިމެނޭ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމާއެކު އުރީދޫން ތައާރަފްކުރި ޕާޓްނާޝިޕްގެ ދަށުން ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ސަބްސްކްރިޕްޝަން ލިބޭނެ އެވެ. އަދި ވިޔަފާރީގެ ބޭނުންތަކަށް ކަސްޓަމްކޮށް، ވަކި ޕެކޭޖެއްގެ ދަށުން ހެޔޮއަގުގައި ވިޔަފާރިތަކަށް ބޭނުންވާ ޓޫލްތައް ލިބޭނެ އެވެ. އަދި އުރީދޫ މެދުވެރިކޮށް ގޫގުލް ވޯކްޕްލޭސް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޓެކްނިކަލް ސަޕޯޓް އުރީދޫން ފޯރުކޮށް ދޭނެ އެވެ.
އުރީދޫން ދަނީ އެފަދަ އެކި ޕްލެޓްފޯމުތައް ވިޔަފާރިތަކަށް ހާއްސަކޮށް ތައާރަފް ކުރަމުންނެވެ. އެގޮތުން އުރީދޫން މައިކްރޮސޮފްޓް ވޯކްޕްލޭސް ސޮލިއުޝަން ވެސް ވިޔަފާރިތަކަށް ވަނީ ތައާރަފްކޮށްފަ އެވެ.
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
އުރީދޫގެ އުމްރާ ދަތުރުގެ 10ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫ އިމާރާތުގެ ވީޑިއޯ ޝެއާކޮށްގެން ހާއްސަ އިނާމެއް
ކޮންމެ ނަމްބަރަކަށް ވެސް ޕޭޕަލްގެ ހިދުމަތް ލިބޭނެ
އުރީދޫން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
ކަސްޓަމަރުންގެ ދުވަހު އުރީދޫން ކަސްޓަމަރުންގެ ގާތަށް
އެމްފައިސާއިން "ފަތުރުވެރިންނާ" އެކު ޕާޓްނާޝިޕެއް
ރާސްޓަސްކޮށްގެން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް!
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އުރީދޫގެ ހާއްސަ އޮފާއެއް