މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހަކު ގެއްލިއްޖެ އެވެ.
16 އޮކްޓޯބަރ 2025
މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހަކު ގެއްލިއްޖެ އެވެ.
މި ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫންގެ، އަހްމަދު ޝިފާން، 38 އެވެ.
މެރިން ފުލުހުން ބުނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި ހަތަރު މީހަކު ސަލާމްތްކޮށްފައިވާ ކަމަށެވެ. އެ މީހުން ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރު ކަމަށް ވެސް ބުންޏެވެ.
ގެއްލުނު ތިން މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެރިން ފުލުހުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުންޏެވެ.
ބަންޑުން ޖަހާލައިފައި އޮތް ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ. ފޮޓޯ: ޕޮލިސް
އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މެރިން ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެއްޖެ
ލޭންޑިން ކްރާފްޓުން ނިޔާވީ ސިފައިންގެ މީހެއް
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން
ގެއްލުނު ތިން ވަަނަ މީހާގެ ހަށިގަނޑު ވެސް ފެނިއްޖެ
ޒަކަރިއްޔާ ހޯދުން ކުރިއަށް، އަދިވެސް ނުފެނޭ
ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް އަރިއަޅާލައިގެން
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ