ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޭސީގެ ހިދުމަތްތައް ފޯރުކޮށްދީ، އޭސީ ވިއްކާ ޕްރޯއޭސީން އެލްޖީ ބްރޭންޑުގެ އޭސީތަކަށް ހާއްސަކޮށް "ދަ އެޕްލަޔަންސް ސްޓޯ ބައި ޕްރޯއޭސީ"ގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.
16 އޮކްޓޯބަރ 2025
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޭސީގެ ހިދުމަތްތައް ފޯރުކޮށްދީ، އޭސީ ވިއްކާ ޕްރޯއޭސީން އެލްޖީ ބްރޭންޑުގެ އޭސީތަކަށް ހާއްސަކޮށް "ދަ އެޕްލަޔަންސް ސްޓޯ ބައި ޕްރޯއޭސީ"ގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.
ރޭ ހުޅުމާލޭގައި އޮތް ކުލަގަދަ ރަސްމިޔާތެއްގައި، އެ ފިހާރަ ހުޅުވައި ދެއްވީ ސްރީލަންކާ އާއި ރާއްޖެއަށް އެލްޖީއިން ކަނޑައަޅާފައި ހުންނެވި އެމްޑީ ކީތު ޗަންގް އާއި ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު އެވެ.
އެލްޖީ އާއި ގުޅިގެން ޕްރޯ އޭސީން ހުޅުވި މި ފިހާރައިގައި އެލްޖީގެ ތަފާތު ސައިޒުތަކުގެ ތަފާތު ބާވަތްތަކުގެ އޭސީ ވިއްކަ އެވެ. އޭގެ ތެރޭގައި ޕްރޯއޭސީއަށް ދާދި ފަހުން ތައާރަފްކުރި އެލްޖީ ބްރޭންޑުގެ މިނީ ވީއާރުއެފް ސިސްޓަމް ވެސް ހިމެނެ އެވެ.
ސްރީލަންކާ އާއި ރާއްޖެއަށް އެލްޖީއިން ކަނޑައަޅާފައި ހުންނެވި އެމްޑީ ކީތް ޗަންގް އާއި ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު ފިިހާރަ ބައްލަވާ ލައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެލްޖީގެ އެމްޑީ ކީތު ޗަންގް، ޕްރޯއޭސީއަކީ އެ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި ޕްރޯއޭސީ އަކީ އިތުބާރު ކުރެވޭ، ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ޕާޓްނަރެއް ކަމަށާއި މިފަދަ ޝޯރޫމެއް ކޮލަބަރޭޓްކޮށް ހުޅުވީ ކުންފުންޏަށް އޮތް އިތުބާރުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
ފިހާރައިގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ފިހާރަ ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު ވިދާޅުވީ އިލެކްޓްރޯނިކްސް މާކެޓުގައި ކޮރެއާގެ ޕްރޮޑަކްޓުތަކަކީ ދުނިޔޭގެ އެންމެ ކުރީ ސަފުގެ އުފެއްދުންތައް ކަމަށެވެ.
އެގޮތުން އެލްޖީ އަކީ ވެސް އެ ފަދަ ބްރޭންޑެއް ކަމަށާއި، އެލްޖީގެ އުފެއްދުންތައް އެ ކުންފުނިން ވިއްކަނީ އެ ކުންފުންޏަކީ މާކެޓުގައި މިވަގުތު ހުރި އެންމެ ރަނގަޅު ބްރޭންޑަށްވުމުން ކަމަށް ވިދާޅުވި އެވެ. ނަޖާހު ވިދާޅުވީ އެލްޖީއިން އާ ޕްރޮޑަކްޓުތަކަކަށް އިންވެސްޓުކޮށް، މިހާރު ބަދަލުވަމުންދާ ޓެކްނޮލަޖީއާ އެއް ހަމަކޮށް އެކި އުފެއްދުންތައް ނެރެމުންދާ ކަމަށެވެ.
އަދި މި ބްރޭންޑަކީ އާފްޓަސޭލްސް ސާވިސް ހިދުމަތް ދިނުމުގައި އެ ބްރޭންޑުން ދޭ ވަރުގަދަ ވޮރެންޓީ އާއި ސްޕެއާ ޕާޓްތައް ވެސް ލިބެން ހުރި ކަމަށާއި މި އެސީތަކަކީ ރާއްޖޭގައި ދެވޭ އެންމެ ވަރުގަދަ ވޮރެންޓީއާ އެކު ވިއްކާ އޭސީތައް ކަމަށް ވިދާޅުވި އެވެ.
ޕްރޯއޭސީ އަކީ އޭސީ ވިއްކުމުގެ އިތުރުން އޭސީ އިންސްޓޯލްކުރުމާއި މަރާމާތުކުރުމުގެ ހިދުމަތް ވެސް ދޭ ކުންފުންޏެކެވެ. އެ ކުންފުނިން އޭސީ ހަރުކުރުމުގެ ކުރިން އޭސީ ބަހައްޓަން އިމާރަތްތަކުގައި އެންމެ އެކަށީގެންވާ ތަންތަން ބެލުމަށް ސާވޭ ވެސް ހަދައިދެ އެވެ.
އެލްޖީގެ "ދަ އެޕްލަޔަންސް ސްޓޯ ބައި ޕްރޯއޭސީ" ފިހާރަ ހުޅުވީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އޮންނަ ހިތިގަސް މަގު ހައެއްގަ އެވެ.
ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް
ޕްރޯ އޭސީއިން އެލްޖީއާ އެކު ހާއްސަ ކޮންފަރެންސެއް
އަރާބީން ސެއިންޓް އައިވްސްގެ ޕްރޮޑަކްޓުތައް ރާއްޖެއަށް
ޕްރޯއޭސީން އެލްޖީގެ މިނީ ވީއާރުއެފް ސިސްޓަމް ނެރެފި
ދަނބުމާ ފާއިޒްގެ ރީތި އަތުލިއުން ފޮންޓަކަށް
ކަނދުރާ އާއި ކޮނޑަށް ހާއްސަ ޓްރީޓްމަންޓު ޕެކޭޖެއް
ޑީއައިޕީއިން އެޗްއެންބީއައިބީއާ އެކު ޕާޓްނާޝިޕެއް
ދިރިއުޅުން ފަސޭހަކޮށްލަން އަޅަންވީ އީޒްއެޕް!
އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުގެ އެޕެއް
ބިލްޑްއަޕްގެ "ވާޓިކަލް ފޮރެސްޓެއް" ސޯސަން މަގުގައި!