ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން އޭނާގެ އާއިލާގެ ހުރިހާ މެމްބަރުންނާ އެކު އިޝްތިހާރެއް ކުޅެފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން އޭނާގެ އާއިލާގެ ހުރިހާ މެމްބަރުންނާ އެކު އިޝްތިހާރެއް ކުޅެފި އެވެ.
އެއީ، ސަލްމާންގެ އަމިއްލަ ކްލޯތިން ބްރޭންޑް "ބީން ހިއުމަން ކްލޯތިން"އަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ހެދި އިޝްތިހާރެކެވެ.
އެ އިޝްތިހާރުން ސަލްމާންގެ ބައްޕަ ސާލިމް ޚާން އާއި ސާލިމްގެ ދެ އަނބިން ކަމަށްވާ ސަލްމާ ޚާން އާއި ބޮލީވުޑްގެ ލެޖެންޑަރީ ނެށުންތެރިޔާ ހެލެން ވެސް ފެނެ އެވެ.
ސަލްމާންގެ އާއިލާގެ އެހެން މެމްބަރުން ކަމަށްވާ، އަރްބާޒް ޚާން އާއި އަރްބާޒްގެ އަންހެނުން ޝޫރާ ޚާން އާއި އަޒްބާޒްގެ ދަރިފުޅު އަރްހާން ޚާން، ސޮހައިލް ޚާން އާއި އޭނާގެ ދަރިފުޅު ނިރްވާން ޚާން، އަލްވީރާ ޚާން އަގްނިހޯތުރީ، އަތުލް އަގްނިހޯތުރީ އަދި އަރްޕިތާ ޚާން އާއި އޭނާގެ ފިރިމީހާ އަޔުޝް ޝަރްމާ ވެސް އެ އިޝްތިހާރުގައި އުޅެ އެވެ. އަދިވެސް އެ އާއިލާގެ ގިނަ ބަޔަކު އެ އިޝްތިހާރުން ފެނެ އެވެ.
"މީގެ 12 އަހަރު ކުރިން ބީންގް ހިއުމަން ކްލޯތިން ފެށީ ވަރަށް ކުޑަ ގޮތަކަށް، ހެޔޮކަމެއް ކުރުމުގެ ނިޔަތުގައި، ހިނުތުންވުން ގެނެސްދިނުމަށް. މިއަދު މިއީ ހަމައެކަނި ބްރޭންޑެއް ނޫން. މިއީ ބޮޑުވަމުން އަންނަ އާއިލާއެއް. މި ދިގު ދަތުރުގެ ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރަން،" އެ އިޝްތިހާރު ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ސަލްމާން ލިޔެފައިވެ އެވެ.
ސަލްމާންގެ "ބީން ހިއުމަން ކްލޯތިން"އަކީ އެތަނަށް ލިބޭ ފައިދާއިން އިންޑިއާގައި ފަގީރު ހާލުގައި އުޅޭ މީހުންނާއި ކުދިންނަށް ތައުލީމާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބްރޭންޑެކެވެ.
ސަލްމާން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު ގެނެސްދޭ އޭނާގެ އާ ފިލްމު "ބެޓުލް އޮފް ގަލްވާން" އަށެވެ. އޭނާ ސިފައިންގެ މީހެއްގެ ރޯލު ކުޅޭ އެ އެކްޝަން ފިލްމުގައި ދައްކާނީ އިންޑިއާ އާއި ޗައިނާގެ ބޯޑަރުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި 2020 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކެވެ.
ސަލްމާންގެ ގެއަށް ބަޑި ޖެހި މީހުންނަށް ދައުވާކޮށްފި
"ބިގް ބޮސް 19" ދައްކަން ފަށައިފި
ސަލްމާންގެ ސެކިއުރިޓީއަށް ހުރަސްއަޅަން މީހަކު އުޅެފި
ސަލްމާންގެ "ސިކަންދަރު" އަށް ބޮޑު ނާކާމިޔާބީއެއް
ސަލްމާންގެ "ސިކަންދަރު"ގެ ފުރަތަމަ ފެނިލުން
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ޝާހު އާއި ސަލްމާން އަދި އާމިރް އެކުގައި ފިލްމެއް
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
ބިރުބޮޑުވުމުން ސަލްމާން ބުލެޓްޕްރޫފް ކާރެއް ގަނެފި
ސިއްދިގީ މަރާލުމުން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި