އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ހަމަލާތަކެއް ދިން ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުން އަދިވެސް ދެމި އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ހަމަލާތަކެއް ދިން ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުން އަދިވެސް ދެމި އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ ހަމަލާތައް މެދުކަނޑާލައި ގައިދީން ބަދަލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނުނިމި އުޅެނިކޮށް އިޒްރޭލުން ޣައްޒާގެ ދެކުނަށް އިއްޔެ އެތައް ހަމަލާއެއްދީ 45 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. މި ހަމަލާތައް ދިނީ ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާދިން ކަމަށް ބުނެ އެވެ.
ޣައްޒާގައި ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓުމަކަށް އައި އެއްބަސްވުމާ މެދު ސުވާލު އުފެދިފައި ވަނިކޮށް ނޫސްވެރިޔަކު ވަނީ އެކަމަކާ ބެހޭ ގޮތުން ޓްރަމްޕާ ސުވާލުކޮށްފަ އެވެ.
"އާދެ، [އެއްބަސްވުން] ދެމި އެބަ އޮތް،" އެއްބަސްވުން ގާއިމުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު ވަނީ ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާ ދިން ކަމަށް އިޒްރޭލުން ތުހުމަތުކުރި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕު ވިދާޅުވީ އެއްބަސްވުމާ ހިލާފުވުމުގެ އެއްވެސް ކަމަކާ ހަމާސްގެ ލީޑަޝިޕާ ގުޅުމެއް ނެތް ކަމަށެވެ. އެއީ ޓްރަމްޕު ވިދާޅުވި ގޮތުން ހަމާސްގެ ތެރޭގައި ވަކިވެގެން އުޅޭ ބަޔަކު ކުރި ކަމަކަށް ވެދާނެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހަމާސްއާ އެކު އޮތް ހާލަތު، ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދަން،" ޓްރަމްޕް ވިދާޅުވި އެވެ. "ހަރުކަށިވާނަން. އެކަމަކު ކުރިއަށްދާނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.
ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި 45 މީހަކު ޝަހީދުވެފައިވެ އެވެ.
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފް
ހަނގުރާމަ ނިމިއްޖެ: ޓްރަމްޕު
ޣައްޒާގެ ޑީލަކަށް ފުރުސަތު އެބަ އޮތް: ޓްރަމްޕު
އިޒްރޭލުން ހަމަލާތައް ހުއްޓާލަން ޓްރަމްޕު ގޮވާލައިފި
ޣައްޒާ ޑީލަށް ހަމާސްއަށް ފަހުގެ މުހުލަތާ އެކު އިންޒާރު
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް
މެދުއިރުމަތީގެ ހާއްސަ ކަމެއް ވާންއުޅޭ ކަމުގެ އިޝާރާތެއް
"ޓްރަމްޕަށް ނޮބެލް ލިބޭނީ ޣައްޒާ ހަމަލާ ހުއްޓުވުމުން"