ހޮންކޮންގަށް ޖެއްސި ކާގޯ މަތިންދާބޯޓެއް ރަންވޭއިން ކައްސާލައިގެން ގޮސް މޫދަށް ވެއްޓުނު އިރު އެއާޕޯޓުގެ ސެކިއުރިޓީ ވެހިކަލެއްގައި ތިބި ދެ މީހަކު އެ ހާދިސާގައި މަރުވެއްޖެ އެވެ.
ހޮންކޮންގަށް ޖެއްސި ކާގޯ މަތިންދާބޯޓެއް ރަންވޭއިން ކައްސާލައިގެން ގޮސް މޫދަށް ވެއްޓުނު އިރު އެއާޕޯޓުގެ ސެކިއުރިޓީ ވެހިކަލެއްގައި ތިބި ދެ މީހަކު އެ ހާދިސާގައި މަރުވެއްޖެ އެވެ.
ދުބާއީން ހޮންކޮންގް އިންޓޭޝަނަލް އެއާޕޯޓަށް ދިޔަ ބޯއިން މަރުކާގެ މި ބޯޓު ރަންވޭއިން ކައްސާލި ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ހޮންކޮންގް އިންޓޭޝަނަލް އެއާޕޯޓަކީ އެއާ ކާގޯ އުފުލުމުގައި އެންމެ ބާރު ބޮޑު އެއް އެއާޕޯޓެވެ.
ރަންވޭއިން ކައްސާލި ބޯޓުގެ އެއްބައި އޮތީ ރަންވޭއާ ޖެހިގެން އޮންނަ މޫދުގެ އަޑީގަ އެވެ.
އޮފިޝަލުން ވިދާޅުވީ މިއީ 1998 ވަނަ އަހަރު އޮޕަރޭޓްކުރަން ފެށި މި އެއާޕޯޓްގައި ހިންގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ.
ހޮންކޮންގް އެއާޕޯޓް އޮތޯރިޓީގެ އެއަޕޯޓް އޮޕަރޭޝަންސްގެ އެގްޒެކެޓިވް ޑިރެކްޓަރު ސްޓީވެން ޔިއު ވިދާޅުވީ، ދުބާއީން އައި ކާގޯ މަތިންދާބޯޓު މޫދަށް ވެއްޓުނީ ރަންވޭއިން ކައްސާލައިގެން ގޮސް ފެންސް ވެސް ފަޅާލާފައި ކަމަށެވެ.
ހޮންކޮންގުގުގައި މިއަދު ރަންވޭއިން ކައްސާލައިގެން މޫދަށް ވެއްޓުނު ކާގޯ މަތިންދާބޯޓު.
އެކްސިޑެންޓު ހިނގި އިރު އެއާޕޯޓްގެ ޕެޓްރޯލް ކާރު ރަންވޭގައި ނެތް ކަމަށާއި ކާރުގައި ބޯޓު ޖެހުނީ ރަންވޭއިން ކައްސާލައިގެން ގޮސް ފެންސްގެ ބޭރުގައި އޮއްވައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. މި ހާދިސާގައި ޕެޓްރޯލް ކާރު ވެސް މޫދަށް ވެއްޓުނެވެ. ކާރުގައި އިން 30 އަހަރުގެ މީހަކު ހަމަ އެ ވަގުތު މަރުވި ކަމަށާއި އޭގައި އިން 41 އަހަރުގެ މީހަކަށް ފަރުވާ ދެނިކޮށް ފަހުން މަރުވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
ކާރުގައި ތިބި ދެ މީހުން ނެގީ މޫދުގެ 16 ފޫޓު އަޑީގައި އޮއްވައި ޑައިވަރުން ގޮސް ހޯދައިގެންނެވެ.
ވެއްޓުނު ބޯޓު އޮޕަރޭޓްކުރާ އެމިރޭޓްސް އެއާލައިނުން ބުނީ މިއީ ކުރު މުއްދަތަކަށް ކުއްޔަށް ނަގައިގެން ގެންގުޅޭ ބޯޓެއް ކަމަށާއި ހާދިސާގައި ބޯޓުގެ ހުރިހާ ކްރޫއިން ވެސް ސަލާމަތްވި ކަމަށެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ކާގޯ ނެތް ކަމަށް ވެސް އެމިރޭޓްސް އިން ބުންޏެވެ. -- އޭއެފްޕީ
ބޯއިންގެ ބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރަނީ
އެއާއިންޑިއާގެ ވެއްޓުނު ބޯޓުގެ އިންޖީނުން ތެޔޮ ކަނޑާލި
އެއާ އިންޑިއާގެ ބޯޓު ވައްޓާލީތޯ ތަހުގީގުގައި ބަލަނީ
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
އަޒަރްބައިޖާންގެ ބޯޓަށް ހަމަލާދިން މީހުންނަށް އަދަބުދެނީ
ބޯޓު ވެއްޓުނީ ހަމަލާ ދިނުމުން، ރަޝިޔާއިން ސިއްރުކުރަނީ
ކޮރެއާގެ ބޯޓުން ދެ މީހަކު ފިޔަވައި އެންމެން މަރު
ކޮރެއާގެ ބޯޓެއް 181 މީހުންނާ އެކު ވެއްޓި 29 މަރު
އަޒަރްބައިޖާންގެ ބޯޓު ވެއްޓުމުން ޕުޓިން މާފަށް އެދެފި