ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސްއިން ހިލާފުވެއްޖެ ނަމަ އެ ޖަމާއަތް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސްއިން ހިލާފުވެއްޖެ ނަމަ އެ ޖަމާއަތް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.
ޓްރަމްޕު މިހެން ވިދާޅުވިތާ ގިނަ އިރުތަކެއް ނުވެ އޭނާގެ ނައިބު ޖޭޑީ ވޭންސް ވަނީ އިޒްރޭލަށް ކުރައްވާ ދަތުރެއް ފައްޓަވައިވަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިތާ ދެ ވަނަ ހަފްތާ ތެރޭ އިންޒާރު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމުން، އެއްބަސްވުމާ މެދު ސުވާލު އުފެދިފައިވަނިކޮށް ވޭންސް މި ދަތުރު ކުރައްވާއިރު އެމެރިކާގެ އިސް ދެ އޮފިޝަލަކު މި ހަފްތާގައި ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ.
"ހަމާސްއާ އެކު އެއްބަސްވުމަކަށް އައީ އެ މީހުން ވަރަށް ރަނގަޅަށް ކަންތައްކުރަން. ބަސް އަހައި ކިޔަމަންވާން،" އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާ އެކު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.
"އެ ޖަމާއަތުން އެގޮތަށް އަމަލުނުކޮށްފި ނަމަ އަހަރެމެން ގޮސް، އެ މީހުން ނައްތާލަންޖެހޭ ނަމަ ނައްތާލާނަން. އެ މީހުން ނައްތާލާނެކަން އެ މީހުންނަށް އެނގޭނެ."
ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނީ ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަކަށް ދެ ފަރާތުން އެއްބަސްވެގެންނެވެ. އެކަމަކު އެއްބަސްވުމާ ހިލާފްވާ ކަމަށް އެއްބަޔަކު އަނެއް ބަޔަކު ކުރާ ތުހުމަތާ އެކު، މި އެއްބަސްވުން ދެމިއޮންނާނީ ކިހާ ދުވަހަކުތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ޓްރަމްޕު ވަނީ ހަމާސްއާ ދެކޮޅު ޖަމާއަތްތަކުގެ މީހުން އާންމުންގެ ތެރޭގައި މަރާ ކަމަށާއި ޣައްޒާގައި އަލުން ބާރު ހިންގަން ހަމާސްއިން އުޅޭ ކަމަށް ވިދާޅުވެ ހަމާސްއަށް އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕު ވިދާޅުވީ ޣައްޒާއަށް އެމެރިކާ ސިފައިން ނުދާނެ ކަމަށާއި އެކަމަކު ޣައްޒާގެ ސުލްހަ ބަލަހައްޓާ ފައުޖެއްގައި ބައިވެރިވާން އެތައް ގައުމަކުން މިހާރުވެސް އެއްބަސްވެފައިވާ ކަމަށެވެ.
"މީގެ އިތުރުން، އަޅުގަނޑު އަންގައިފި ނަމަ އެންމެ ދެ މިނެޓް ތެރޭ އިޒްރޭލުން ވެސް ދާނެ،" ޓްރަމްޕު ވިދާޅުވި އެވެ.
ހަމާސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި ހާއްސަކޮށް، އީރާނަށް އެމެރިކާއިން ދިން ހަމަލާއާ ހެދި އީރާނުން އަލުން ހަމާސްއަށް އެހީވާން ތެދުވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ. -- އޭއެފްޕީ
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފް
ހަނގުރާމަ ނިމިއްޖެ: ޓްރަމްޕު
ޣައްޒާގެ ޑީލަކަށް ފުރުސަތު އެބަ އޮތް: ޓްރަމްޕު
އިޒްރޭލުން ހަމަލާތައް ހުއްޓާލަން ޓްރަމްޕު ގޮވާލައިފި
ޣައްޒާ ޑީލަށް ހަމާސްއަށް ފަހުގެ މުހުލަތާ އެކު އިންޒާރު
ޣައްޒާ ޑީލަށް ޖަވާބުދޭން ހަމާސްއަށް މުހުލަތެއް
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް
މެދުއިރުމަތީގެ ހާއްސަ ކަމެއް ވާންއުޅޭ ކަމުގެ އިޝާރާތެއް