އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް މަހަކު 3،000ރ. ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
21 އޮކްޓޯބަރ 2025
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް މަހަކު 3،000ރ. ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.
އެ މަނިކުފާނަށް ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ވައުދު ފުއްދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށާއި އެގޮތުގެ މަތިން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ ކޮންމެ ކުއްޖަކަށް 3،000ރ. ލިބޭނެ ކަމަށެވެ.
ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރި ނަމަ މިހާރު ލިބެނީ 2،000ރ. އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ ދެނީ ކުއްޖަކަށް 1،000ރ. ގެ ރޭޓުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައި ވާނެ ކަމަށެވެ. އެ އެލަވަންސް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.
ރައީސް މުއިއްޒު ލ. ގަމު ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސްގެ އިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އިނާޔަތެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ލިބޭނެ ކަން ވެސް ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި އެވެ. އެ އިނާޔަތަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓަރީ ވެފައިވެ އެވެ. އަދި އެއީ އަލަށް ދޭން ފަށާ އެލަވަންސެކެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި، މިދިޔަ މަހު އަލަށް 69 ކުއްޖަކު ރަޖިސްޓަރީ ވެފައި ވާއިރު، އެ ހާލަތުގައި ތިބި ކުދިންނަށް މިދިޔަ އޮގަސްޓް މަހު އެކަނި ވެސް 4.9 މިލިއަން ރުފިޔާ އެންސްޕާ އިން ދޫކޮށްފައިވެ އެވެ.
އަންނަ އަހަރު އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން
ޖުޑިޝަރީ ސެކްޓޯރަލް ގްރާންޓަށް 808 މިލިއަން ރުފިޔާ
އަންނަ އަހަރުގެ ބަޖެޓް މިއަހަރަށް ވުރެ ކުޑަވާނެ:ރައީސް
"ސިއްހީދާއިރާއިން އެންމެ މަތީ ހިދުމަތް ގާއިމްކުރާނަން"
ކައުންސިލްތަކުން ވަކި ފަރުދުންނަށް އެހީދޭން މަޖުބޫރުވާނެ
ސިވިލްސާވަންޓުންގެ މުސާރަ ނޮވެމްބަރު 1 ގައި ބޮޑުކުރަނީ
އަންނަ ބަޖެޓުގައި މޯލްޑިވްސް 2.0 އަށް އިސްކަންދޭނެ
ރައީސްގެ ނިންމުމުން އަދުލުއިންސާފުގެ މަސައްކަތްހަލުވިވާނެ
ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ
އަންހެނުންގެ ކޮމިޓީގެ ބަޖެޓް ބޮޑުކުރަން ނިންމައިފި