ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގައި ހާއްސަ ފެނިލުމަކުން މައިކްރޮސޮފްޓުގެ ކޯ-ފައުންޑާ ބިލް ގޭޓްސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގައި ހާއްސަ ފެނިލުމަކުން މައިކްރޮސޮފްޓުގެ ކޯ-ފައުންޑާ ބިލް ގޭޓްސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި މިއަދު ބުނީ އެ ޑްރާމާގެ ކުރިއަށް އޮތް ތިން އެޕިސޯޑެއްގައި ބިލް ގޭޓްސް ފެންނާނެ ކަމަށެވެ. އަދި ބިލް ގޭޓްސް ފެންނާނީ އެ ޑްރާމާގެ ލީޑް އެކްޓްރެސް ސުމިރުތީ އިރާނީ (ތުލްސީ) އާއި އޭނާ ދެމެދުގައި ކުރާ ވީޑިއޯ ކޯލަކުން ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
އެ ނޫހުގައި ބުނީ، އެ ޑްރާމާގައި ބިލް ގޭޓްސް ވާހަކަދައްކާނީ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށެވެ. އަދި އޭގެ މަގުސަދަކީ މާބަނޑު އަންހެންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން ކަމަށް އެ ނޫހުގައި ބުންޏެވެ.
ގޭޓްސް ފައުންޑޭޝަނަކީ ދުޅަހެޔޮ ސިއްހަތާއި ފަގީރުކަން ނައްތާލުމާއި ތައުލީމީ ފުރުސަތުތައް މީހުންނަށް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން ބިލް ގޭޓްސް އާއި އޭނާގެ ކުރީގެ އަންހެނުން މެލިންޑާ ގޭޓްސް އުފެއްދި ފައުންޑޭޝަނެކެވެ.
ކުރީގެ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަން ދައްކަން ފެށީ މިދިޔަ ޖުލައި މަހު އެވެ.
ސުމިރުތީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރި އިރު، އެކި ފަހަރު މަތިން އެކި މަސައްކަތްތަކުގައި އޭނާ ވަނީ ބިލް ގޭޓްސްއާ ބައްދަލުކޮށްފަ އެވެ. އެހެންވެ، މި ޑްރާމާއަށް ބިލް ގޭޓްސް އަންނަނީ އެ ގާތް ގުޅުން އޮތުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
"ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ފުރަތަމަ ސީޒަން 2000 ވަނަ އަހަރު ފަށައިގެން 8 އަހަރަށް ދިގުދެމިގެން ދިޔައިރު، 1،800 އަށް ވުރެ ގިނަ އެޕިސޯޑު ގެނެސްދިނެވެ. އެއީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ޓީވީ ޑްރާމާ އެވެ.
އެ ޑްރާމާއިން ލިބުނު މަޝްހޫރު ކަމުގައި ސުމިރުތީ ދެން ނުކުތީ ސިޔާސީ ދާއިރާއަށެވެ. އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ މެމްބަރެއް ކަމަށްވާ ސުމިރުތީ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ. ނަމަވެސް، މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ.
އެކްތާގެ "ނާގިން"އަށް ޑްރެގަންއެއް އަންނަނީ
ރާމް އާއި އެކްތާ މައްސަލަ ޖެހިއްޖެ
"ކިޔުކީ"ގެ އާ ސީޒަން އަންނަ މަހު ތިނެއްގައި
އެކްތާ އާއި އޭނާގެ މަންމަ ޕޮލިހަށް
އިންޑިއާގެ ކޮމެޑީ އެކްޓަރު ސަތީޝް މަރުވެއްޖެ
އެކްސިޑެންޓެއްގައި އަންކިތާގެ ފިރިމީހާއަށް އަނިޔާވެއްޖެ
ރޭޕްގެ ތުހުމަތުގައި އަޝިޝް ކަޕޫރް ހައްޔަރުކޮށްފި
"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!
"ޖަނަކް"ގެ ލީޑު އެކްޓަރު އެ ޑްރާމާއިން ވަކިވެއްޖެ
ރޯހަން ހުރީ ރީތި ފަރު ރިސޯޓުގައި