Roadha Mihaaru

ސާރާ ޚާންގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމަށް

އިންޑިއާގެ ޓީވީ ތަރި ސާރާ ޚާންގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްގައި އިއްޔެ އާންމުކޮށްފި އެވެ.

ސާރާ ޚާންގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމަށް

އިންޑިއާގެ ޓީވީ ތަރި ސާރާ ޚާންގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްގައި އިއްޔެ އާންމުކޮށްފި އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަސް ފަހުން، އިންޑިިއާގެ ޓީވީ އެކްޓަރު ސުނިލް ލެހެރީގެ ދަރިފުޅު ކްރިޝް ލެހެރީ އާއި ސާރާ ކައިވެނިކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އެވެ. އެމީހުން އޭރު ކައިވެނިކުރީ ކޯޓުގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މުސްލިމެއް ކަމަށްވާ ސާރާ އާއި ހިންދޫއެއް ކަމަށްވާ ކްރިޝް އެމީހުންގެ ސަގާފަތާ ގުޅޭ ގޮތަށް ރަމްޒީ ކައިވެނީގެ ހަފުލާތަކެއް މި މަހު ވަނީ ބާއްވައިފަ އެވެ. ސާރާ އިންސްޓަގްރާމްގައި އިއްޔެ އާންމުކުރީ އެ ހަފުލާތަކުގެ ފޮޓޯތަކެވެ.

ސާރާ މީގެ ކުރިން ވެސް ކައިވެންޏެއް ކުރި އެވެ. އެއީ މިއުޒިކް ޕްރޮޑިއުސަރު އަލީ މާޗަންޓުއާ އެވެ. ނަމަވެސް، 2021 ވަނަ އަހަރު އެ ކައިވެނި ރޫޅާލި އެވެ.

މޮޑެލްއެއްގެ ގޮތުގައި ކެރިއަރު ފެށި ސާރާ މަޝްހޫރުވީ ސްޓާ ޕްލަސް އިން 2007 ވަނަ އަހަރު ގެނެސްދިން ހިންދީ ޑްރާމާ ސިލްސިލާ "ބިދާއީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ސަސުރާލް ސިމަރް ކާ" އާއި "ބާގްޔަލަކްޝްމީ" އާއި "ދިލް ބޯލޭ އޮބެރޯއީ" ކަހަލަ ޑްރާމާތަކުގައި މަސައްކަތްކޮށްފަ އެވެ.

ރިއަލިޓީ ޝޯތައް ކަމަށްވާ "ބިގް ބޮސް" އާއި "ޒަރަ ނަޗުކޭ ދިކާ" އާއި "ލޮކް އަޕް"ގައި ވެސް އޭނާ ބައިވެރިވި އެވެ.