ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހުކުރު ދުވަހު އޮންނާނެ އެވެ.
22 އޮކްޓޯބަރ 2025
ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހުކުރު ދުވަހު އޮންނާނެ އެވެ.
މިއަހަރުގެ ދުވުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ދިރާގު ރޯޑް ރޭހުގެ ދުވުންތައް މިއަހަރު އޮންނާނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. ހާފްމެރަތަން އޮންނާނީ ދަންވަރު 2:30ގަ އެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ފަތިހު 5:30ގައި އޮންނަ އިރު 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގަ އެވެ.
މި ދުވުން ކުރިއަށްދާ ވަގުތު، ދުވުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 5 ކިލޯމީޓަރު ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުވުން ވެސް ދިރާގުން ހާއްސަކޮށްފައި ވަނީ އެކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.
މިއީ މި ދުވުން ދިރާގުން ބާއްވާ 16 ވަނަ އަހަރެވެ.
ދިރާގު ރޯޑްރޭހުން ޖަމިއްޔާތަކަށް ހަ ލައްކަ ރުފިޔާ
ރޯޑް ރޭހުގެ ވަނަތަކަށް ދިޔަ ދުވުންތެރިންނަށް އިނާމުދީފި
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
މިއަހަރުގެ ދިރާގު ރޯޑް ރޭހަށް ހޫނު ތަރުހީބެއް!
ދިރާގު ރޯޑް ރޭހުގެ ރޭސް ކިޓް ދޫކުރަން ފަށައިފި
ދިރާގު ރޯޑް ރޭހުގައި މިފަހަރު 4،500 ދުވުންތެރިން
ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު
ދިރާގު ރޯޑު ރޭހުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ދިރާގު ރޯޑް ރޭސް އޮކްޓޯބަރު 24 ގައި ބާއްވަނީ
ފުވައްމުލައް ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވަނީ