އެމްއޭސީއެލްގެ ބޯޑުގެ މެމްބަރަކު ވަކިކޮށް، އެ ބޯޑު މެމްބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށްފި އެވެ.
22 އޮކްޓޯބަރ 2025
އެމްއޭސީއެލްގެ ބޯޑުގެ މެމްބަރަކު ވަކިކޮށް، އެ ބޯޑު މެމްބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) މިދިޔަ ހޮނިހިރު ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ.
އޭގެ އިތުރުން، އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް އިތުރުކޮށްފަ އެވެ. އަދި އެ ބޯޑަށް ވަރަށް އަވަހަށް އިތުރު މެމްބަރަކު އައްޔަން ކުރާނެ ކަމަށް އެނގިފައި ވެ އެވެ އެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން އެމްއޭސީއެލުން މި މަހު ވަނީ ސަބްސިޑަރީ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.
ކުރީގެ މެމްބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
އޮސްޓްރިއަން ވެސް ވީއައިއޭގެ ޓާމިނަލް 1 އަށް
ޔޫއެސް-ބަންގްލާ ވެސް ދެން ބޭނުންކުރާނީ ޓާމިނަލް 1
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި
ބްރިޓިޝް އެއާވޭސް ޓާމިނަލް 1 އަށް
އެމްއޭސީއެލްގެ ބޯޑަށް ޑީއެމްޑީ މުޖުތަބާ އައްުޔަންކޮށްފި