ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރަށްރަށުގައި ހަދާފައިވާ އެހެނިހެން އެއާޕޯޓުތައް ހިންގާ ކުންުފުނި އެމްއޭސީއެލްގެ ބޯޑަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަން ކޮށްފި އެވެ.
23 ނޮވެމްބަރ 2025
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރަށްރަށުގައި ހަދާފައިވާ އެހެނިހެން އެއާޕޯޓުތައް ހިންގާ ކުންުފުނި އެމްއޭސީއެލްގެ ބޯޑަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަން ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ބޯޑަށް މި ފަހުން އިތުރުކުރި ޖާގަ އަށް، ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަން ކޮށްފައިވާ ކަމަށެވެ.
ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކު ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް ވަނީ ދާދި ފަހުން އިތުރުކޮށްފަ އެވެ.
އޭގެ އިތުރުން އެ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރެއްވުމުން، އެމްއޭސީއެލްގެ ބޯޑުން ހުސްވި ޖާގަ އަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފު މިދިޔަ މަހު އައްޔަންކޮށްފައި ވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި ޖަމީލް އުސްމާނާ އެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީ އަދި މުޖުތަބާ އެވެ.
އަލަށް އިތުރުކުރި ޖާގައަށް އިތުރު މެމްބަރެއް އައްޔަން ކުރަންޖެހެ އެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި އެ ފަދަ ޕްރޮޖެކްޓުތައް ހިންގަން ވަކި ކުންފުންޏެއް މި މަހު ވަނީ އުފައްދައިފަ އެވެ.
އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ އަދަދު 9 އަކަށް
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
އޮސްޓްރިއަން ވެސް ވީއައިއޭގެ ޓާމިނަލް 1 އަށް
ޔޫއެސް-ބަންގްލާ ވެސް ދެން ބޭނުންކުރާނީ ޓާމިނަލް 1
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި
ބްރިޓިޝް އެއާވޭސް ޓާމިނަލް 1 އަށް
އެމްއޭސީއެލްގެ ބޯޑަށް ޑީއެމްޑީ މުޖުތަބާ އައްުޔަންކޮށްފި