މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އެ ކޮމިޝަނުގެ ހަތް މެމްބަރުންނާ އިންޓަވިއުކޮށްފި އެވެ.
23 އޮކްޓޯބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އެ ކޮމިޝަނުގެ ހަތް މެމްބަރުންނާ އިންޓަވިއުކޮށްފި އެވެ.
އެ ކޮމިޝަނުގެ ރައީސަކު އައްޔަން ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.
މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސަކު އައްޔަންކުރަން މިއަދު ކުރި އިންޓަވިއުގައި ކޮމިޓީގެ މެންބަރުން ގިނަ ސުވާލުކުރެއްވީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަންފީޒުކުރެވޭނެ މިންވަރާ ބެހޭ ގޮތުންނެވެ.
އެ ގާނޫނު ތަންފީޒުކުރުމުގައި ރައްޔިތުން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވޭނެތޯ ވެސް އިންޓަވިއުގައި މެންބަރުން ސުވާލުކުރެއްވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
މީޑިއާ ކޮމިޝަނުގެ ރައީސްގެ މުސާރައަކީ 59،000ރ.
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކޮށްފި
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ކޮމިޓީން ހޮވީ ފަރުޝަތު
މީޑިއާ ކޮމިޝަންގެ ރައީސް އައްޔަންކުރަން ކޮމިޓީއަށް
މީޑިއާކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި
ތަޅުމުގައި މެންބަރުން މަދުކަމުން ވޯޓަކަށް ނޭހުނު
ބްރޮޑްކޮމްގެ ރައީސް ސަފާއާ އެކު ތިން ނަމެއް ފާސްކޮށްފި
ކޯޓުން މައްސަލަތަކުގައި އަމަލުކޮށްފައި ހުރިގޮތް ބަލަނީ
މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލާ ހަވާލުކުރަން ދެކޮޅު
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން