މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން މިއަދު ވާހަކަ ދައްކަވައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން މިއަދު ވާހަކަ ދައްކަވައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އާންމު ކުރަން ލާޒިމުވާ ގޮތަށް އޮޑިޓް ގާނޫނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ގިނަ މެމްބަރުން ވަނީ އެ ޒިންމާ އޮޑިޓާ ޖެނެރަލާ ހަވާލުކުރުމަކީ އެ އޮފީސް ސިޔާސީ ވެދާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"އެއްވެސް ގޮތަކަށް ބޭނުމެއް ނުވޭ އޮޑިޓާ ޖެނެރަލް ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ހުށަހެޅޭކަށް. ރެގިއުލޭޓް ކުރެވޭ ފަރާތަކީ އޮޑިޓާ ޖެނެރަލް ކަމަށް ވާ ނަމަ އޮޑިޓާ ޖެނެރަލްގެ މެންޑޭޓަށް އިތުރު ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް އެއީ،" މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މާލީ ބަޔާނެއްގައި ހިމަނާ މައުލޫމާތެއް ބަލައިގަތުމާއި ނުގަތުމާ ގުޅިގެން، އޮޑިޓާ ޖެނެރަލަށް ސިޔާސީ ފާޑުކިޔުންތައް އަމާޒުވެ، މުސްތަގިއްލު ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެ އިސްލާހުގެ ސަބަބުން ލިބިގެންދާނެ އެވެ.
އެކަމަށް ތާއީދު ކުރައްވައި، ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވީ އޮޑިޓް އޮފީހަކީ ވަރަށް މިނިވަންކޮށް މަސައްކަތް ކުރާ ތަނަކަށް ވާއިރު، ސިޔާސީ ވިސްނުމަކަށް ބަދަލުވެ، ފުށުއެރުންތަކެއް އަންނަން ބޭނުންނުވާ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: މަޖިލިސް
ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވެސް ވިދާޅުވީ ސަރުކާރުން މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ އެސެޓް ރިކަވަރީ ގާނޫނުން ދައުލަތުގެ ވެރިންގެ މާލީ ބަޔާންތައް އާންމުކުރާ ގުޅޭ ކަންކަން ހިމެނިގެންދާނެ ކަމަށެވެ.
"ވަކިވަކި ގާނޫނުތައް މިހެން އިސްލާހުކުރުމުގެ ބަދަލުގައި، އެސެޓް ޑެކްލެރޭޝަން ގާނޫނެއް އައިމަ މާ ފަސޭހަވާނެ އަދި ދުނިޔޭގެ އެހެން ތަންތަނުގަވެސް ކުރާ ގޮތް އެއީ، ހާއްސަ ގާނޫނެއްގެ ދަށުން އެސެޓް ޑިކްލެއާ ކުރަން،" އަޒާން ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: މަޖިލިސް
ކޮންމެ ފަހަރަކު އެތައް ގާނޫނަކަށް ބަދަލު ގެނައުމުގެ ބަދަލުގައި އެއް ގާނޫނަކުން، އެ މައްސަލަ ހައްލުކުރެވޭނެ މަގެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ޑރ. އަހުމަދު ޝަމްހީދު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
އެހެންވެ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާލީ އެ އިސްލާހުތަކާ ގުޅޭގޮތުން، އޮޑިޓާ ޖެނެރަލްގެ އިތުރުން އެޓާނީ ޖެނެރަލްގެ ލަފާ ވެސް ހޯދުމަށް ނިންމުމަށްފަހު އެވެ. މިިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ލާޒިމްވާ ގޮތަށް ގާނޫނު ބަދަލުކުރަން ކުޑޫ އިސްލާހެއް ހުށަހެޅުއްވިއިރު، ވަޒީރުންގެ މާލީ ބަޔާން ވެސް އޮޑިޓާ ޖެނެރަލަށް ހުށަހަޅައި، އާންމުކުރަން ލާޒިމްވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވެސް އިތުރު ބިލެއް ކުޑޫ އޮތީ ހުށަހަޅުއްވައިފަ އެވެ. އެ ބިލް ވެސް މަޖިލީހުން މިހާރު އޮތީ ބަލައިގެންފަ އެވެ.
އޮޑިޓް އޮފީހަށް 134 މިލިއަންގެ ބަޖެޓެއް ފާސްކޮށްފި
މާލީ ބަޔާން އާއްމުކުރަން ހުށަހެޅި ދެ ބިލް ބަލައިގެންފި
މަގާމަށް އައުމާއެކު މާލީ ބަޔާން ހާމަކުރަން ހުށަހެޅުމެއް
އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
2021 އިން ފެށިގެން ފެނަކައިގެ މާލީ ބަޔާންތައް ނުދޭ
އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!