އައްޑޫ ހިތަދޫގެ ގެެއެއްގެ ތެރޭގައި ނިޔާވެފައި ތިއްބާ މިދިޔަ ބުދަ ދުވަހުގެ ހަވީރު ފެނުނު ދެމަފިރިންގެ ހަށިގަނޑު މިއަދު ވަޅުލައިފި އެވެ.
24 އޮކްޓޯބަރ 2025
އައްޑޫ ހިތަދޫގެ ގެެއެއްގެ ތެރޭގައި ނިޔާވެފައި ތިއްބާ މިދިޔަ ބުދަ ދުވަހުގެ ހަވީރު ފެނުނު ދެމަފިރިންގެ ހަށިގަނޑު މިއަދު ވަޅުލައިފި އެވެ.
ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅެމުން ދަނިކޮށް ނިޔާވެފައި ތިއްބާ ފެނުނީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60 އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52 އެވެ.
އެ ދެމަފިރިންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމާ މެދު ފުލުހުން މަޝްވަރާކުރަން ފެށުމުން އާއިލާއާ ހަށިގަނޑު ހަވާލުނުކޮށް ދިގުލައިގެން ދިޔަ އެވެ. އެކަމަކު، ކަންބޮޑުވުން ފާޅުކުރަން ފެށުމުން ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަށިގަނޑު ހަވާލުކުރީ ރޭގަ އެވެ.
އައްޑޫގައި ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ޖަނާޒާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން، މިއަދުގެ ހުކުރު ނަމާފަށް ފަހު އިބްރާހިމްގެ ކަށުނަމާދު ބޭއްވީ އޭނާގެ އުފަން ރަށް ހިތަދޫ މަސްޖިދުއްތަގުވާގަ އެވެ. ފަރަހްނާޒުގެ ކަށުނަމާދު އޮތީ އުފަން ރަށް މަރަދޫ މަސްޖިދުލް އިހުލާސްގަ އެވެ. އެކަމަކު، އެ ދެމަފިރިން ވަޅުލީ މަރަދޫ ސަހަރާގައި ޖެހިޖެހިގެންނެވެ.
ދެމަފިރިންގެ ޖަނާޒާ އަށް މިއަދު ވަރަށް ގިނަ ބަޔަކު ޖަމާވި އެވެ.
އެ ދެމަފިރިންގެ މަރުގެ ޚަބަރު އިވުމާ އެކު، އެ ގެއަށް ވަން މީހަކު "މިހާރު" އަށް ކުރިން ބުނީ އެ ދެ މީހުން ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިން ކަމަށެވެ.
އައްޑޫގައި ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ހަށިގަނޑު، ހުކުރު ނަމާދަށްފަހު މިއަދު ވަޅުލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެން މީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
ނަމަވެސް، ފުލުހުން ވަނީ އެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ބުނެފަ އެވެ. އެކަމަކު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ބައެއް ފަރާތްތަކުން ފަހުން ލަފާކުރި ގޮތުގައި ދެމަފިރިން ނިޔާވީ ޖަނެރޭޓަރުގެ ދުމުގެ އަސަރު ކޮށްގެންނެވެ. ގެއަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރި ޖަނެރޭޓަރު ވެސް ބަހައްޓާފައި ހުންނަނީ އެ ގޭގެ ތެރޭގަ އެވެ. އަދި އެ ގޭގެ ވެންޓިލޭޝަން ވެސް ރަނގަޅަށް ނެތް ކަަމަށް ވެ އެވެ.
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
ކޮވިޑްގައި އައްޑޫން 10 ވަނަ މަރު
"އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް"
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
އައްޑޫގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ހަށިވިއްކާކަމުގެ ތުހުމަތަށް 10 މީހަކު ހައްްޔަރުކޮށްފި
ނަޝްވާގެ ހަށިގަނޑު ހިތަދު އަށް ގެންދަނީ
ހިތަދޫން ޑައިވިން އަށް ފޭބި ޒުވާނަކު ނިޔާވެއްޖެ
ހިތަދޫގައި އެކްސިޑެންޓުވި މީހަކު ނިޔާވެއްޖެ
އާރްޓީއެލް ބަސްތައް އައްޑުއަށް ގެންގޮސްފި