Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހިތަދޫގައި އެކްސިޑެންޓުވި މީހަކު ނިޔާވެއްޖެ

ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ވި މީހަކު ނިޔާވެއްޖެ

06 އޮކްޓޯބަރ 2022

އައްޑޫ ހިތަދޫގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވި މީހަކު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.

އައްޑޫ ހިތަދޫގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވި މީހަކު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.

އެ ރަށު ދުންނިކަގެ، އުމުރުން 62 އަހަރުގެ އިބްރާހިމް ހުސައިން ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ދަންވަރު 12:30 ވާން އުޅެނިކޮށެވެ.

އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއްވެ، އެކްސިޑެންޓުވި ވަގުތުން ފެށިގެން ހޭ ނާރަ އެވެ. އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދިން ނަމަވެސް އޭނާ އަނބުރާ ހިތަދު އަށް ގެންދިޔައީ ޑޮކްޓަރުން އުންމީދު ކަނޑާލުމުންނެވެ. އެހެންވެ، އިބްރާހިމް ހުސައިން އޭގެ ފަހުން އޮތީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ބާއްވައިފަ އެވެ.

ހިތަދޫ މުހިއްބުއްދީން ސްކޫލާ ދިމާލުން ލިންކް ރޯޑުގައި އެކްސިޑެންޓު ހިނގަން ދިމާވީ، އިބްރާހިމް ހުސައިން ދުއްވާފައި ދިޔަ ސައިކަލަކާއި އެހެން ދެ މީހަކު ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. އިބްރާހިމް ހުސައިން ވެއްޓުނު ގޮތަށް ތާރުގަނޑުގައި ބޯ ޖެހި ވަގުތުން ހޭނެތުނީ އެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު ހިތަދޫ މަސްޖިދުއް ތަގުވާ (ހުސައިން މޫސާ މިސްކިތް) ގަ އެވެ.