އުތުރު ކޮރެއާ އަކީ "ގޮތަކަށް ބަލާއިރު ނިއުކްލިއާ ބާރެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭޝިއާއަށް ކުރައްވާ ދަތުރު ފައްޓަވަމުން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
އުތުރު ކޮރެއާ އަކީ "ގޮތަކަށް ބަލާއިރު ނިއުކްލިއާ ބާރެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭޝިއާއަށް ކުރައްވާ ދަތުރު ފައްޓަވަމުން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ މި ދަތުރަށް އެއާ ފޯސް ވަން އަށް އަރައިވަޑައިގަންނަވަމުން ޓްރަމްޕު މިހެން ވިދާޅުވީ އުތުރު ކޮރެއާ އަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުން ކުރާ ޑިމާންޑާ މެދު މަޝްވަރާކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.
"އަޅުގަނޑަށް ހީވަނީ އެއީ ގޮތަކަށް ބަލާއިރު ނިއުކްލިއާ ބާރެއްހެން،" ޓްރަމްޕު ވިދާޅުވި އެވެ.
"އެއީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ބުނާއިރު، އަޅުގަނޑު ދެކޭ ގޮތުގައި އެ މީހުންގެ އަތުގައި ގިނަ އަދަދެއްގެ ނިއުކްލިއާ ހަތިޔާރު އެބަހުރި."
އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް ދެކުނު ކޮރެއާއަށް ވަޑައިގަންނަވާނެ އެވެ.
އެމެރިކާގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމްއާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ޓްރަމްޕުގެ ސަރުކާރުގެ އޮފިޝަލުން ނުރަސްމީ ގޮތުން ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. ޓްރަމްޕު ވަނީ 2019 ވަނަ އަހަރު ވެސް ކިމްއާ ބައްދަލުކުރައްވައިފަ އެވެ.
ޓްރަމްޕު ވަނީ އަލުން ކިމްއާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށާއި އެކަން މި އަހަރު ވެދާނެ ކަމަށް ވެސް ކުރިން ވިދާޅުވެފަ އެވެ.
ކިމް ވަނީ ޓްރަމްޕާ އެކު އޮތް ބައްދަލުވުމުގެ "އުފާވެރި ހަނދާންތައް" އާކުރައްވާ ކަމަށާއި އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމުގެ "ހިޔާލީ ފޮލާ" އެމެރިކާ އިން ދޫކޮށްލައިފި ނަމަ ޓްރަމްޕާ އެކު ވާހަކަތައް ފަށަން ތައްޔާރަށް ހުންނެވި ކަމަށް ކުރިން ވިދާޅުވެފަ އެވެ. -- އޭއެފްޕީ
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް
ސަމިޓު ދާ ގޮތަކުން ކިމް އެމެރިކާއަށް!
ސަމިޓަށް އެއްބަސްވީ ކިމްގެ އާދޭހަށް: އެމެރިކާ
ހޮންޑިއުރަސްގެ ކުރީގެ ރައީސަށް ޓްރަމްޕު މާފު ދީފި
އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
މަމްދާނީއާ ބައްދަލުކޮށް، ޓްރަމްޕުގެ ރާގު ބަދަލުވެއްޖެ
ޚާޝުގްޖީގެ މައްސަލައިގައި މުހައްމަދުގެ ދިފާއަށް ޓްރަމްޕު
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު