Roadha Mihaaru
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް

ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް

11 ޖޫން 2018

ސިންގަޕޫރު (11 ޖޫން) - އަންގާރަ ދުވަހުގެ 'ބޮޑު' ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިންގަޕޫރަށް ދަތުރުކުރައްވާނީ މިއަދު ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓުކޮށްފައި ވަނިކޮށް އިއްޔެ ސިންގަޕޫރަށް ވަޑައިގެންފި އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

ސިންގަޕޫރު (11 ޖޫން) - އަންގާރަ ދުވަހުގެ 'ބޮޑު' ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިންގަޕޫރަށް ދަތުރުކުރައްވާނީ މިއަދު ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓުކޮށްފައި ވަނިކޮށް އިއްޔެ ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ޓްރަމްޕް އާއި އެމެރިކާގެ ވަފުދާ އެކު އެއާ ފޯސް ވަން، ސިންގަޕޫރުގެ ޕާޔާ ލެބާ އަސްކަރީ މަރުކަޒަށް ޖެއްސުމުން ޓްރަމްޕްގެ އިސްތިގުބާލަށް ވަޑައިގެން ހުންނެވީ ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން އެވެ.

ތާރީހީ މި ދަތުރުފުޅުގައި ޓްރަމްޕާއި އެމެރިކާ ވަފުދުގެ މެހެމާނުސަރާއެއް ކަމަށް ޝަންގްރިލާ ހަމަޖައްސާފައިވާއިރު، އުތުރު ކޮރެޔާގެ ލީޑަރު ކިމް އާއި ކޮރެއާގެ ވަފުދަށް ހާއްސަކޮށްފައި ވަނީ ޝަންގްރިއްލާއާ ގާތްގަނޑަކަށް ބައި މޭލު ދުރުގައި ހުންނަ ސެއިންޓް ރީޖިސް ހޮޓަލެވެ.

މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ތާރީހީ ސަމިޓު ފެށޭނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 6:30 ގަ އެވެ.

ކިމް ވަޑައިގަތް ވަގުތާ ދިމާކޮށް ސެއިންޓް ރެޖިސް ހޮޓާ ކައިރީ ނޫސްވެރިން ހަރަކާތްތެރިވަނީ - ފޮޓޯ: ގެޓީ އިމޭޖަސް / ދަ ނިއުޔޯކް ޓައިމްސް

ކިމް ވަޑައިގަތް ވަގުތާ ދިމާކޮށް ސެއިންޓް ރެޖިސް ހޮޓާ ކައިރީ ނޫސްވެރިން ހަރަކާތްތެރިވަނީ - ފޮޓޯ: ގެޓީ އިމޭޖަސް / ދަ ނިއުޔޯކް ޓައިމްސް

1950 އިން 1953 އަށް ހިނގި ކޮރެއާ ހަނގުރާމައަށް ފަހު ދާދި ފަހަކާ ޖެހެންދެން ހަތުރުންގެ ގޮތުގައި އޮތް މި ދެ ގައުމުގެ އެންމެ މަތީ ވެރިންގެ ބައްދަލުވުމަށް ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ތިން ހާހެއްހާ ނޫސްވެރިން މިހާރު ސިންގަޕޫރުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އުތުރު ކޮރެޔާގެ ނިއުކްލިއަ ހަތިޔާރުގެ މައްސަލައަށް ދާއިމީ ހައްލެއް އަތުވެއްޖެ ނަމަ އެކަން ވާނީ މުޅި ދުނިޔޭގެ ސުލްހައަށް ވެސް މުހިންމު ފިޔަވަޅެއް ކަމަށް އެމެރިކާ އިން ދެކެ އެވެ. އެކަމަކު ޓްރަމްޕް ވިދާޅުވި ގޮތުގައި ބޭނުންވާ ނަތީޖާ ނެރެން އެންމެ ބައްދަލުވުމެއް ނުފުދެ އެވެ. އެހެންކަމުން މާދަމާގެ ސަމިޓް ދާ ގޮތަކުން ދެ ގައުމުގެ އިސް ވެރިންގެ ބައްދަލުވުންތައް އިތުރަށް ބާއްވާނެ އެވެ.