ލަންޑަން (އޮކްޓޫބަރު 26) - ހަތް ސީޒަނަށް ފަހު އަލުން ޕްރިމިއާ ލީގު ކުޅޭ ސަންޑަލެންޑުން ފަހު ވަގުތު ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ 2-1 ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
ލަންޑަން (އޮކްޓޫބަރު 26) - ހަތް ސީޒަނަށް ފަހު އަލުން ޕްރިމިއާ ލީގު ކުޅޭ ސަންޑަލެންޑުން ފަހު ވަގުތު ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ 2-1 ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
ޗެލްސީ ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި އަލެހަންދްރޯ ގާނާޗޯގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް މި ހާފުގައި ސަންޑަލެންޑްގެ ވިލްސަން އިޑީސޯ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަންޑަލެންޑް މޮޅުވި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެމްސްޑައިން ތަލްބީ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ޖުމްލަ ގޮތެއްގައި ޗެލްސީ ޓީމެއް ގޮތުގައި ފެންނަނީ ބަލިކަށިކޮށް ކަމަށެވެ.
"އަހަރެންނަށް ވިސްނޭ ގޮތުގައި އަހަރެމެން ޖުމްލަކޮށް އެހާ ރަނގަޅެއް ނޫން،" މަރެސްކާ ބުންނެވެ.
"ފަހުން އަރާ ކުޅުންތެރިންނަށް އަބަދުވެސް އުނދަގޫވޭ. އެކަމަކު އެމީހުން ވެސް މަސައްކަތް ކުރި. އެކަމަކު އަނެއްކާ ވެސް ބުނެލަން ޖުމްލަކޮށް ޓީމެއް ގޮތުގައި އަހަރެމެން އެއްވެސްވަރަކަށް ރަނގަޅެއް ނޫން."
މިއީ ޗެލްސީ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ބަލިވި ތިންވަނަ މެޗެވެ. މިހާތަނަށް މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. އަދި މިއާ އެކު އެ ޓީމު އޮތީ 14 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ. ނަމަވެސް ސަންޑަލެންޑް މިވަގުތު އޮތީ 17 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގަ އެވެ.
ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ފަހު ވަގުތު 2-1 އިން ފުލަމް ބަލިކުރި އިރު، ލީޑްސް ޔުނައިޓެޑް ވަނީ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ޔުނައިޓެޑުން ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު،-- ފޮޓޯ: އޭއެފްޕީ
މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ 4-2 އިން ބްރައިޓަން ބަލިކޮށް ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ވަނީ މެތިއުސް ކުންޔާ އާއި ކަސެމީރޯގެ ގޯލުތަކުން ފުރަތަމަ ހާފުގައި ލީޑު ނަގައިފަ އެވެ. ދެވަނަ ހާފުގައި ބްރަޔަން އެމްބޫމޫ ޔުނައިޓެޑަށް އިތުރު ލަނޑެއް ޖަހައިދީފައި ވަނިނޮށް 74 ވަނަ މިނިޓުގައި ބްރައިޓަން އަށް ލަނޑު ޖަހައިދިނީ ޑެނީ ވެލްބެކެވެ.
މެޗުގެ 92 ވަނަ މިނިޓުގައި ޗަރަލަމްޕޯސް ކޮސްޓޫލަސް ބްރައިޓަން އަށް ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް އޭގެ ފަސް މިނިޓު ފަހުން ޔުނައިޓެޑް ހަމަޖެހުން ހޯދީ އެމްބޫމޫ ކާމިޔާބު ކޮށްދިން ގޯލުންނެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ އެއް މެޗު އިތުރަށް ކުޅެގެން ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ.ބްރައިޓަން އޮތީ 12 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.
ފެނުނީ ދަށް ކުޅުމެއް، ބަލިވާން ހައްގު: މަރެސްކާ
ސަންޑަލޭންޑުން ދިނީ ރިހުމެއްގެ ވޭން: އާޓެޓާ
ފޮރެސްޓުން ވެސް ޕޮސްޓެކޯގްލޫ ބޭރުކޮށްލައިފި
ޕާމާ އަލުން ކުޅެން ފަށަން އިތުރު ހަ ހަފްތާ ބޭނުންވޭ
ލިވަޕޫލާ ދެކޮޅަށް އުފާފާޅުކުރުމުން މަރެސްކާއަށް ޖޫރިމަނާ
ވޯލްޑް ޗެމްޕިއަނުން ޕްރިމިއާ ލީގު ޗެމްޕިއަން ބަލިކޮށްފި
ޕްރެޝަރުގައި ހުރި އަމޮރިމަށް ހިތްހަމަޖެހުން
ޗެލްސީ އަނެއްކާ ވެސް ބްރައިޓަން އަތްދަށުވެއްޖެ
ލިވަޕޫލު ހުއްޓުވުމަކީ ނުކުރެވޭނެކަމަށް ވެދާނެ: މަރެސްކާ
ދުނިޔޭގެ ޗެމްޕިއަން އަތުން މޮޅުވެ އަމޯރިމް އަށް ހަމަނޭވާއެއް