ފިޓްކޮށް ހުރެއްޖެނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެކަމަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.
ފިޓްކޮށް ހުރެއްޖެނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެކަމަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.
ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ފޯވާޑަށް އެ މުބާރާތަށް ފަހު ކުޅުމަށް އަސަރު ކުރި އެވެ. މިދިޔަ ތިން އަހަރުތެރޭ އޭނާ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.
އެމެރިކާގެ އެންބީސީ ނިއުސް އަށް ދިން އިންޓަވިއުގައި މެސީ ބުނީ ވޯލްޑް ކަޕްގައި ކުޅެ ގައުމީ ޓީމަށް އެހީވާން ބޭނުންވާ ކަމަށެވެ. އާޖެންޓީނާއިން ނުކުންނާނީ މުބާރާތް ދިފާއު ކުރުމަށެވެ. އަލުން އެ ތަށި ހޯދަން ނުކުންނަ އިރު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ދައުރު އެ ޓީމަށް މުހިންމު ވާނެ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕަށް ފަހު މެސީ ބުނެފައި ވަނީ އެ މުބާރާތަކީ ވޯލްޑް ކަޕްގައި އޭނާ ކުޅޭނެ ފަހު ފަހަރު ކަމަށެވެ. އެކަމަކު އާޖެންޓީނާގެ ގައުމީ ކޯޗު ލިއޮނަލް ސްކޮލާނީ ވެސް ބުނެފައި ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެސީ ޓީމުގައި ހުންނަން އެދޭކަމަށެވެ.
މެސީ ބުނީ އެކަން ނިންމާނީ އޭނާގެ ފިޓްނަސް އަށް ބެލުމަށް ފަހު ކަމަށެވެ. މިހާރު އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ބުނީ ދުވަހުން ދުވަހަށް އޭނާގެ ފިޓްނަސް ހާލަތު ބަލަމުންދާނެ ކަމަށެވެ.
"ދުވަހުން ދުވަހަށް އެކަން [ފިޓްނަސް] ދެނެގަންނަމުން އަހަރެންދާނަން. އިންޓަ [މަޔާމީ] އާ އެކު އަންނަ އަހަރުގެ ޕްރީ ސީޒަން ފެށުމުން އަހަރެން ހަގީގަތުގައި ވެސް ބަލާނަން 100 ޕަސަންޓް އަހަރެން ފިޓް ތޯ،" މެސީ ބުންޏެވެ.
"ވޯލްޑް ކަޕް ދިފާއު ކުރުމުގެ ފުރުސަތު އޮތް އިރު އަހަރެން ވަރަށް ބޮޑަށް ބަލާނަން ދަނޑުމަތީގައި ހުރެވޭތޯ."
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ކުއާޓާއަށް
ކޮވިޑާ އެކު މެސީ އަށް ސިއްހީ ބޮޑެތި މައްސަލަތަކެއް
ތިން އަހަރު، ތިން ފައިނަލް، މެސީ އަށް ނާކާމިޔާބު!
އެންމެކުޑަ ގައުމުގެ ވޯލްޑް ކަޕްގެ ދަތުރުގައި ދެބަފައިން
މެސީ ވެސް މިހަފުތާ އަވަދިނެތި އުޅެނީ ރެކޯޑް ހެދުމުގައި
މެސީއަކީ އެއްވަނަކަމަށް ރެއާލްގެ ވެސް ބުނެވޭނެ: ޒަބީ