ވޯލްޑް ކަލިނަރީ އެވޯޑްސްގައި ރާއްޖެެއަށް މުޅި ދުނިޔޭގެ އެންމެ ކަމުދާ "ހެރިޓޭޖް ކުޒީން" މަންޒިލްގެ އެވޯޑު ލިބިއްޖެ އެވެ.
ވޯލްޑް ކަލިނަރީ އެވޯޑްސްގައި ރާއްޖެެއަށް މުޅި ދުނިޔޭގެ އެންމެ ކަމުދާ "ހެރިޓޭޖް ކުޒީން" މަންޒިލްގެ އެވޯޑު ލިބިއްޖެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ އެ އެވޯޑުގައި ރާއްޖެއިން ޖަރުމަނާއި ޕެރޫ އާއި ސީޝެލްސް އާއި ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކުރި ކަމަށެވެ.
އެ އެވޯޑުގައި ރާއްޖެއަށް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ވެސް ތަފާތު ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. މާލެއަށް ވަނީ "އިންޑިއަން އޯޝްންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން"ގެ މަގާމު ލިބިފަ އެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އަށް ވަނީ ސަރަހައްދުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓްގެ އެވޯޑު ލިބިފަ އެެވެ.
މިއަހަރު އެވޯޑުގައި ރާއްޖޭގެ ވަކިވަކި ރެސްޓޯރަންޓް ހޮޓާތަކުން ވެސް ވަނީ ކާމިޔާބީތައް ހޯދައިފަ އެވެ. ސިންފަނީ ރެސްޓޯރަންޓަށް ވަނީ "އިންޑިއަން އޯޝަންސް ބެސްޓް ލޭންޑްމާކް ރެސްޓޯރަންޓް"ގެ އެވޯޑު ލިބިފަ އެެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ އެވޯޑުން ހާމަވީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ކެއިންބުއިމުގެ އުކުޅުތަކާއި ރަހަތަކަށް ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ މިންވަރު ކަމަށެވެ.
"ސަގާފީ ކެއުންތަކާ އެކު، ޒަމާނީ ކެއިންބުއިމުގައި ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމެނިގެން ދިއުން މިއީ ޓޫރިޒަމްގެ އިތުރުން ދިވެހިވަންތަކަމާއި ގައުމީ ފަހުރުކަމަށްވާ މަސްވެރިކަމާއި ކަނޑުގެ ރޯއްޖާއި ދިވެހީންގެ ދިރިއުޅުން ގުޅި ލާމެހިފައިވާ މިންވަރު މުޅި ދުނިޔެއަށް ދައްކާލަދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ކަލިނަރި އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބައެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިއަހަރު ވެސް ރާއްޖެ އަންނަނީ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލްގެ މަގާމަށް ހަ ވަނަ ފަހަރަށް ވާދަކުރަމުންނެވެ.
ލިވަޕޫލް-މެންޔޫ މެޗްގައި 10 ބަހަކުން ރާއްޖޭގެ ނަން
ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖޭން ގާއިމުކޮށްފި
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ޕްރޮމޯޓުކުރަން ޓެޒް ސްކައިލާ ރާއްޖެ އަތުވެއްޖެ
ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ޓެޒް ސްކައިލާ
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފްއަސް
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް