ކ. ދިއްފުށީފައި މިއަދު ފެށި ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން އެ ރަށަށް ބޯހިޔާވަހިކަން ޔަގީންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
28 އޮކްޓޯބަރ 2025
ކ. ދިއްފުށީފައި މިއަދު ފެށި ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން އެ ރަށަށް ބޯހިޔާވަހިކަން ޔަގީންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގައި އަމަލީ ގޮތުން މިއަދު ފެއްޓެވީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
އެއީ އެ މަނިކުފާނު އެ ރަށަށް ވެ ވަޑައިގެންފައިވާ ވައުދުތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ އެ ރަށުގެ ބިން ހިއްކުން ކަމަށެވެ.
ކ. ދިއްފުށީ ބިން ހިއްކަން ފެށުމަށް ގެންގޮސްފައި އޮތް އެކްސްކަވޭޓަރެއް. -- ފޮޓޯ: ރައީސް އޮފީސް
ޖުމްލަ 27 ހެކްޓަރުގެ ދިއްފުށީގައި 1،200 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނައިރު ރަށުގެ އެންމެންނަށް ބޭނުންވާ ވަރަށް ބޯހިޔާވަހިކަން ނެތުމުގެ އުނދަގޫ ކުރިމަތިވާ ކަމުގެ ޝަކުވާ ސަރުކާރަށް ވެސް ކުރެ އެވެ.
ރައީސް ވިދާޅުވީ އެ ރަށުން ހިއްކަނީ 23 ހެކްޓަރުގެ ބިމެއް ކަމަށާއި އެ ބިން ހިއްކާ ނިންމާނެ ކަމަށް ރައީސް ވިދާޅުވީ އެއް އަހަރު ދުވަސްތެރޭ ނިންމާނެ ކަމަށެވެ.
"މި ރަށުން ހިއްކިގެން އެބަދޭ 23 ހެކްޓަރުގެ ބިން، ރަށުގެ ސައިޒް ދެގުނަވެގެން ދާނެ. މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އެ ބިން ހިއްކައި ނިންމާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަމަށާއި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ބިން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުމްރާނީ ތަރައްގީއަށް ވެސް އެ ބިން ވަރަށް މުހިންމު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ދިއްފުށީ އާ އިންޖީނުގެ ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
- ސްކޫލު އާ އިމާރާތާއި ސެން ކްލާސްރޫމެއްގެ މަސައްކަތް
- މަލްޓިޕާޕޯސް ހޯލެއް އެޅުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެޅުމަށް ބިންގާ އެޅުން
- ކުނި މެނޭޖް ކުރުމުގެ މަސައްކަތް
- ވޮލީ އަދި ހޭންޑްބޯލް ކޯޓެއް އަންނަ އަހަރު އަޅައިދިނުން
- އަންނަ އަހަރު މަގުތައް ހެދުން
އެ ރަށު ރައްޔިތުންގެ ފަރާތުން އިތުރު މިސްކިތެއް އަޅައިދިނުމަށް އެދިފައިވާތީ ރައީސް ވަނީ އެ ރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
ފުލިދު އަށް އެންމެ އުފާވެރި އެއް ދުވަސް
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ނިލަންދޫ އެއާޕޯޓް އަޅަން އީއައިއޭ ހަދަން އެމްޓީސީސީއަށް
ސަރުކާރުގެ ބޯހިވާހިކަމުގެ ސިޔާސަތު އިފުތިތާހުކޮށްފި
ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކޮށް ނިމިއްޖެ
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
ސްޓެލްކޯއިން އެންމެއަވަހަށް ނިންމި އިންޖީނުގެ ހުޅުވައިފި
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކަށް