Roadha Mihaaru

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން ފަށައިފި

ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.

އެމްޓީސީސީން ބުނީ، ސްކޫލްތައް އޮންނަ ދުވަސްވަރު ކޮންމެ އާދިއްތަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު ހަޔަކުން މެންދުރުފަހު 3:30 ވަންދެން ބަހުގެ ދަތުރުތައް ބާއްވާނެ ކަމަށެވެ. ސްކޫލް ބަންދު ދުވަސްތަކުގައި ބަހުގެ ހިދުމަތް ދޭނީ އެ ކުންފުނިން ބުނި ގޮތުގައި މެންދުރު ދެއަކުން ހަވީރު ފަހެއް ޖަހަންދެންނެވެ.

"ކަސްޓަމަރުން މާސްޓަކާޑު/ވިސާކާޑު ބޭނުންކުރައްވައިގެންނާއި ކިއުއާރު ޓިކެޓިންގެ ޒަރީއާ އިން ޓިކެޓް ބައްލަވައިގަނެގެން ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ،" އެމްޓީސީސީން ބުންޏެވެ.

ސްކޫލް ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަތުން ބަހުގެ ދަތުރުތަކަށް އަގެއް ނުނަގާނެ އެވެ.

ދުވާފަރުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާ ބަސް.---ފޮޓޯ: އެމްޓީސީސީ

ދުވާފަރުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާ ބަސް.---ފޮޓޯ: އެމްޓީސީސީ

ދުވާފަރުގައި ބަސް ރޫޓު ހެދިއިރު ސްކޫލްތަކާއި ބީޗު ސަރަހައްދާއި އޮފީސްތަކާއި ސިނާއީ ސަރަހައްދާއި ހޮސްޕިޓަލާއި ފެރީ ޓާމިނަލްތަކަށް އެންމެ ފަސޭހައިން ދެވޭނެ ގޮތަށް އިސްކަން ދިން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި ދުވާފަރު އާރުޓީއެލް ބަހުގެ ޝެޑިއުލާއި ބަސް ރޫޓުތައް އެ ކުންފުނީގެ ވެބްސައިޓާއި އެޕުން ބައިލެވޭނެ އެވެ.

"ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުނ،ް އަޅުގަނޑުމެންގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ،" އެމްޓީސީސީން ނެރުނު ބަޔާނުގައި ވެ އެވެ.