ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި އިއުލާނުކޮށްފި އެވެ.
29 އޮކްޓޯބަރ 2025
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި އިއުލާނުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ވަނީ އާންމުކޮށްފަ އެވެ.
އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ.
ދެވަނައަށް އެންމެ ގިނައިން ލިބެނީ ސަން އަށެވެ. ސަން މީޑިއާ ގްރޫޕްގެ އެސްއެސްޓީވީއަށް 2.9 މިލިއަން އަދި ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެ. އަދި ވީޓީވީއަށް ތިން މިލިއަނާއި އެ ވީނިއުސް އޮންލައިނަށް 1.1 މިލިއަން ލިބެ އެވެ.
● ވަން އޮންލައިން: 1.3 މިލިއަން ރުފިޔާ
● ވޮއިސް: 1.3 މިލިއަން ރުފިޔާ
● ދަ ޕްރެސް: 1.3 މިލިއަން ރުފިޔާ
● ދައުރު: 1.3 މިލިއަން ރުފިޔާ
● މިހާރު އޮންލައިން 1.2 މިލިއަން
● މިހާރުގެ ދަށުން ހިންގާ އިނގިރޭސި އެޑިޝަން އަށް 1.1 މިލިއަން
● އަދަދު: 1.1 މިލިއަން ރުފިޔާ
● ތީރު މީޑިއާ: 1.1 މިލިއަން ރުފިޔާ
● ދިޔަރެސް ނިއުސް: 1.1 މިލިއަން ރުފިޔާ
● ގާފު އޮންލައިން: 1 މިލިއަން
● މަލްދީފް އޮންލައިން: 899،197 ރުފިޔާ
● ތިލަދުން: 1.2 މިލިއަން ރުފިޔާ
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ. މިއީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
މުލިއާގޭ ގަރާޖް ޒުވާނުންގެ ހަބެއްގެ ގޮތުގައި ހުޅުވައިފި
ގާނޫނަށް ތަބާ ނުވުމުގެ ފުރުސަތެއް ނުދޭނަން: ރައީސް
މީޑިއާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
"ނޫސްވެރިން އުލުބައިންދަން ނުބުނެވޭ، މައްސަލަ ބަލާނެ"
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ރައީސް، ނޫސްވެރިންނާއި އެމްޖޭއޭއާ ބައްދަލުކުރައްވަނީ
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް