ކުރިއަށް އޮތް ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް މާލެ އާއި އެކި ރަށްރަށުގައި އަލަށް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް މާލެ އާއި އެކި ރަށްރަށުގައި އަލަށް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރި އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދާ އެކު، ރަސްމީކޮށް ހުޅުވުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރާއި ހެޔޮއެދޭ އެކި ފަރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރޯދަމަހުގެ ކުރިން ހުޅުވާނެ ކަަމަށެވެ.
"މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށްޓަކައި އެ ތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެެސް ޑިސެންބަރު މަހު ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އެއްކޮށް ނިންމައި މިއަދު ހުޅުވީ މަޝްރޫއުތައް ނިންމަން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން ގެންދާތީ އެވެ.
"މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކާ އެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރަން،" ރައީސް ވިދާޅުވި އެވެ،
އެ މަނިކުފާނު ވިދާޅުވީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ ބޭނުމަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
މިސްކިތަށް ގެއްލުން ދިނުން ޓެރަރިޒަމަށް ހަދަން ބިލެއް
މުސްލިމުންގެ ސަގާފަތާހިލާފު ކަންކަމާ ދުރުވާންޖެހޭ:ރައީސް
ވިލުފުށީ މިސްކިތް، އިސްލާމީ މަރުކަޒަކަށް
ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ރައީސް ދިއްދޫގައި، ސަފާގީ ނެށުމާއެކު ހޫނު މަރުހަބާއެއް
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތް ހަދަނީ
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން