އިންޑިއާގެ ވެރިރަށް ދިއްލީގެ ނަން "އިންދްރަޕްރަސްތާ" އަށް ބަދަލުކުރުމަށް އެދި ޔޫނިއަން މިނިސްޓަރު އަމިތު ޝާހަށް، ޗާންދްނީ ޗޯކްގެ ބީޖޭޕީ މެމްބަރު ޕްރަވީން ޚަންދެލްވާލް ސިޓީއެއް ފޮނުވައިފި އެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ ނަން "އިންދްރަޕްރަސްތާ" އަށް ބަދަލުކުރުމަށް އެދި ޔޫނިއަން މިނިސްޓަރު އަމިތު ޝާހަށް، ޗާންދްނީ ޗޯކްގެ ބީޖޭޕީ މެމްބަރު ޕްރަވީން ޚަންދެލްވާލް ސިޓީއެއް ފޮނުވައިފި އެވެ.
މީގެ އިތުރުން އޯލްޑް ދިއްލީ ރެއިލްވޭ ސްޓޭޝަންގެ ނަން "އިންދްރަޕްރަސްތާ ޖަންކްޝަން" އަށް ބަދަލުކޮށް، އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "އިންދްރަޕްރަސްތާ އެއާޕޯޓް" އަށް ބަދަލުކުރުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ.
"އިންދްރަޕްރަސްތާ" އަކީ ހިންދޫންގެ ދީނީ ގަބޫލުކުރުންތަކާ ގުޅިފައިވާ ފަސް ޝަހުސިއްޔަތެއް ކަމަށްވާ "ޕާންޑަވާ" އިން ޔަމުނާ ކޯރުގެ އައްސޭރިފަށުގައި ގާއިމުކުރި އެ މީހުން ވެރިރަށުގެ ނަން ކަމަށް ހިންދޫން ގަބޫލުކުރެ އެވެ.
"ދިއްލީއާ ގުޅިފައިވަނީ ހަމައެކަނި އެތައް ހާސް އަހަރުވީ ވާހަކަތަކެއް ނޫން. އެއީ އިންޑިއާގެ ފަހުރުވެރި ހަޟާރަތާއި ތަރިކައިގެ ދިރިހުރި، ފެންނަ އަދި އިހްސާސްކުރެވޭ ސިޓީއެއް،" ޚަންދެލްވާލް ސިޓީގައިވެ އެވެ.
ދިއްލީ އަކީ "ޕާންޑަވާ" އިންގެ "ގުރުބާނީ" ގެ ނަތީޖާ ކަމަށާއި އެހެންވެ އޭގެ ބުދުތައް ވެސް ދިއްލީ މުހިންމު ސަރަހައްދުތަކުގައި ބަހައްޓަންޖެހޭނެ ކަމަށް މެންބަރު ވަނީ ބުނެފަ އެވެ.
ޚަންޑެލްވާލް ވަނީ ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހުގެ އިތުރުން ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ، ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވް، ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އަދި ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓަރު ގަޖެންދުރަ ސިންގް ޝެކާވަތަށް ވެސް މި ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.
ބީޖޭޕީގެ މައްޗަށް މިފަހަރު ވެސް ކުރި ހޯދީ އޭއޭޕީ
ދިއްލީގައި ކާރު ގޮއްވާލީ އަމިއްލައަށް މަރުވެގެން!
ދިއްލީގައި ދިނީ ޓެރަރިސްޓް ހަމަލާއެއް: އިންޑިއާ
ދިއްލީގެ ބާރުގަދަ ގޮވުމުގެ ހަގީގަތެއް އަދި ނޭނގެ
ދިއްލީގެ ރެޑް ފޯޓްގައި ކާރެއް ގޮވައި ބަޔަކު މަރުވެއްޖެ
ދިއްލީގެ މަގުތަކުން ކުއްތާ ހިފަން ކޯޓު އަމުރެއް
ދިއްލީގައި ތެޔޮ އަޅަންދާ ދުވަސްވީ ކާރުތައް ނައްތާލަނީ
އެއާ އިންޑިއާގެ ބޯޓަކަށް މައްސަލައެއް ކުރިމަތިވެއްޖެ
އިންޑިއާގެ މުސްލިމުންގެ މުޒާހަރާގައި ތިން މީހަކު މަރު
ވަގުފް ބިންތަކަށް އިންޑިއާ ސަރުކާރުގެ ބާރު ފޯރުވަނީ