ކ. މާފުށީގައި ބޭއްވި ފެތުމާއި ދުވުމުގެ ރޭސް ހިމެނޭ އެކުއަތުލޯން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އެއްވަނަ އުމުރުން 13 އަހަރުގެ އިސްމާއީލް މުލްހަމް އާޒިމް އަދި އަންހެން ބައިގެ އެއްވަނަ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އާއިޝަތު ޝައްފަ ހޯދައިފި އެވެ.
ކ. މާފުށީގައި ބޭއްވި ފެތުމާއި ދުވުމުގެ ރޭސް ހިމެނޭ އެކުއަތުލޯން ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ އެއްވަނަ އުމުރުން 13 އަހަރުގެ އިސްމާއީލް މުލްހަމް އާޒިމް އަދި އަންހެން ބައިގެ އެއްވަނަ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އާއިޝަތު ޝައްފަ ހޯދައިފި އެވެ.
ދިގު ފެތުމުގެ އިވެންޓްތައް ބާއްވާ އަމިއްލަ ކްލަބެއް ކަމަށްވާ، "ސްވިމް މޯލްޑިވްސް" އިން އިންތިޒާމު ކުރި މުބާރާތް ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެވެ. މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔައީ އިންޑަވިޖުއަލް ކެޓަގަރީ އެވެ. ހޮނިހިރު ދުވަހު ޓީމު އިވެންޓެވެ.
މުބާރާތުގެ ތިން ކެޓަގަރީގެ ތެރެއިން އެންމެ ވާދަވެރި ކެޓަގަރީއަކީ އެލީޓް ކެޓަގަރީ އެވެ. އެ ކެޓަގަރީގެ ފިރިހެން ބައިގެން އެއްވަނަ މުލްހަމް ހޯދީ މުހައްމަދު ޔައީޝް އިއްޒަތާއި މަޝްހޫރު ދުވުންތެރިޔާ ހުސައިން ފަޒީލު ހާރޫން (ފެލޭޝް) ބީޓްކޮށްލުމަށް ފަހު އެވެ.
މުލްހަމް އާއި ޔައީޝްއަކީ ޖޫނިއާ ގައުމީ ޕޫލުގައި ހިމެނޭ ދެ ފެތުންތެރިންނެވެ.
އެލީޓް ކެޓަގަރީގައި އެއް ކިލޯމީޓަރަށް ފެތުމަށް ފަހު ދެން އޮންނާނީ ފަސް ކިލޯމީޓަރަށް ދުވުމެވެ. މެދުރާސްތާ ދުވުންތަކަށް ހާއްސަ ފަޒީލު ފެތުމުގެ ރޭސް ނިންމި އަށްވަނައިގަ އެވެ.
މާފުށީގައި ބޭއްވި އެކުއަތުލޯން ޗެމްޕިއަންޝިޕްގެ ބައިވެރިން: ފެތުމާއި ދުވުމުގެ ރޭސް ހިމެނޭ ޗެމްޕިއަންޝިޕްގެ އެލީޓް ކެޓަގަރީން އެއްވަނަ ހޯދީ ޗައްފަ އާއި މުލްހަމް --- ފޮޓޯ: ސްވިމް މޯލްޑިވްސް
ދުވުމުގެ ރޭހުގައި ފަހަތުގައި އޮތުމަށް ފަހު އޭނާ ބޮޑު ކުރިއެރުމެއް ހޯދި އެވެ. އޭނާ އަށް ވުރެ ކުރީގައި އޮތް ފަސް އެތުލީޓުންނަށް ވުރެ ކުރިއަށް އޭނާ ޖެހިލި އެވެ. އޭނާ އަށް ރޭސް ނިންމުނީ ދެވަނަ އަށް ދިޔަ ޔައީޝް އަށް ވުރެ ދެ ސިކުންތު ލަހުންނެވެ.
ފެތުމުގެ ރޭސް މުލްހަމް އެންމެ އެންމެ ކުރިން ނިންމުން، ދުވުމުގެ ރޭސް އެންމެ ފުރަތަމަ ފެށުމުގެ އެއެޑްވާންޓޭޖް ލިބުނެވެ.
މުޅި އެކުއަތުލޯންގެ ރޭސް މުލްހަމް ނިންމީ 40 މިނެޓާއި 46 ސިކުންތުންނެވެ. ޔައީޝް ރޭސް ނިންމީ 47 މިނެޓާއި 31 ސިކުންތުންނެވެ. ފަޒީލް ރޭސް ނިންމީ 47 މިނެޓާއި 33 ސިކުންތުންނެވެ.
އަންހެން ބައިގެ އެއްވަނަ ޝައްފަ ހޯދީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރެއްކަމަށްވާ ފިންލެންޑްގެ ނޫރާ ޕަޓްކޮނިން އާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މުހައްމަދު (މާޔަން) ބީޓްކޮށްލުމަށް ފަހު އެވެ.
ނޫރާ އަށް ދެވަނަ އެވެ. އޭނާ ވަނީ ޝައްފައާ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އެ ދެ އެތުލީޓުންގެ މެދުގައި ތަފާތަކީ އެންމެ ހަތަރު ސިކުންތެވެ.
ޝައްފަ ރޭސް ނިންމީ 1 ގަޑިއިރާއި 1 މިނެޓް 25 ސިކުންތުންނެވެ. ނޫރާ ރޭސް ނިންމީ 1 ގަޑިއިރާއި 1 މިނެޓް 29 ސިކުންތުންނެވެ. މާޔަން ރޭސް ނިންމީ 1 ގަޑިއިރާއި 15 މިނެޓް 27 ސިކުންތުންނެވެ.
ކަނޑުފެތުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ރާއްޖެއަށް
ބީއެމްއެލްގެ އިންޓަސްކޫލް ސްވިމިން މުބާރާތް ނިންމާލައިފި
ފެތުމާއި ދުވުމުގެ އެކުއަތުލޯން ޗެމްޕިއަންޝިޕް މާފުށީގައި
ތައިލެންޑުގެ މުބާރާތުން ލޫތު އާއި މައާދު އަށް ތިންވަނަ
ނިއުލެގޫންގެ 40 ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް
މެރާލް އާއި އުލްޔާ އަށް ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއްް
މިކްސް ރިލޭ ޓީމުގެ ރެކޯޑާ އެކު ޖުމްލަ 8 ރެކޯޑް
ތަޒްކިޔާ އާއި އާން އަށް ވެސް އިތުރު ގައުމީ ރެކޯޑެއް
ރިހާން، އާން އަދި މިކްސް މެޑްލޭ ޓީމަށް ވެސް ރެކޯޑެއް
ދުނިޔޭގެ މުބާރާތުގައި މެރާލް އާއި ތަޒްކިޔާއަށް ރެކޯޑެއް