ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.
06 ނޮވެމްބަރ 2025
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ 16 ޓަވަރެއްގައި އިތުރު ލިފްޓު ބެހެއްޓުމަށް ކުރާ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިންމާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެއް ވަނަ ޓަވަރާއި ތިން ވަނަ އަދި ހަތަރު ވަނަ ޓަވަރުގައި އިތުރަށް ހަރުކުރި ލިފްޓުތައް މިހާރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
ދެ ވަނަ ޓަވަރުގައި ލިފްޓު ހަރުކޮށް، ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އެކަމަކު އަދި ބޭނުންކުރަން ނުފަށާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބާކީ ހުރި ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތުގެ 50 ޕަސެންޓަށް ވުރެ ބޮޑުބައި ވަނީ ނިންމައިފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ހަވާލުކުރީ އަންނަ މަހުގެ ނިޔަލަށް ނިންމަން ކަމަށެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށް، ލިފްޓުތައް އެއްކޮށް ހަރުކޮށް ނިމޭނީ އަންނަ ޖޫން މަހަށެވެ.
ޓަވަރުތަކުގައި އިތުރު 32 ލިފްޓު ހަރުކުރަން އެ ކުންފުންޏަށް ދިނީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން، އަރައި ފޭބުމަށް ދަތިވާތީ، އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ.
އެހެންވެ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން ވައުދުވެވަޑައިގެންފަ އެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި
ކުލީގެ އަދަދު ބިލިއަނުން ގުނަން ތިބެގެން ހައްލެއް ނެތް
4،000 ފްލެޓުގެ އެއްބަސްވުން ހަދަނީ 25 އަހަރަށް
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހިޔާގައި އިތުރު ލިފްޓް ހަރުކުރަން 278 މިލިއަން
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި