ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް، ފެންނަން އޮތީ ޗައިނާ އިން ފޯރުކޮށްދީފައިވާ ދީލަތި އެހީ ކަމަށާއި އުމްރާނީ ތަރައްގީގެ އިތުރުން އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަލުއިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް، ފެންނަން އޮތީ ޗައިނާ އިން ފޯރުކޮށްދީފައިވާ ދީލަތި އެހީ ކަމަށާއި އުމްރާނީ ތަރައްގީގެ އިތުރުން އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަލުއިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައި އޮތް ގުޅުމުގެ ތެރެއިން ދެ ގައުމަށް ވެސް ގިނަ ގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށެވެ.
މިގޮތުން، ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތަކުގެ ސަބަބުން، އިގުތިސާދީ ގޮތުން ރާއްޖެ އަށް ގިނަ ދޮރުތަކެއް ހުޅުވި، އެކަމުގެ މަންފާ ސިޔާސީ އަދި އިޖުތިމާއީ ގޮތުން ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ދެ ގައުމުގެ ގުޅުން މިހާރު އޮތީ، ކުރިން ނުދެކޭ ފަދަ އުސްމިނެއްގައި ކަން ފާހަގަކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އުމްރާނީ ތަރައްގީގެ އިތުރުން ވިޔަފާރި، ދަނޑުވެރިކަން، މަސްވެރިކަން، މުވާސަލާތު، ސިއްހަތު، ތައުލީމު އަދި ޑިޖިޓަލް އިގުތިސާދު ފަދަ ގިނަ ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތްތައް ވަނީ ހަލުވި ވެފަ އެވެ.
"އަދި މި އަހަރުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ގާއިމް ކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމާ އެކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަނީ މުޅީން އާ ހަރުފަތަކަށް ގެންދެވިފައި. އަދި މުސްތަގުބަލުގައި އެ ގުޅުން އިތުރަށް ވަރުގަދަވެ، ފުޅާވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ބިންގަލަކީ ރަހުމަތްތެރިކަމާއި އިހުތިރާމާއި އެއްބާރުލުންދިނުމުގެ ރޫހެވެ.
އަދި ބޮޑު ގައުމަކުން ކުދި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ނަމޫނާ ދައްކަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ހިތްވަރު ލިބޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭން އަބަދުވެސް "ވަން ޗައިނާ" ސިޔާސަތަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވަނީ ދެ ގައުމު ގުޅިގެން ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރައްވަން ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.
ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ތައުރީފް
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
"ޗައިނާއަކީ ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް"