ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވޮންގް ޑޮންގްމިން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފަ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވޮންގް ޑޮންގްމިން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފަ އެވެ.
ރަސްމީ ދަތުރެއްގައި މި ވަގުތު ރާއްޖެ ވަޑައިގެން ހުންނެވި، ޑޮންގްމިން ރައީސް މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި، އެ މަނިކުފާނު ވަނީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ޗައިނާއިން ދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހި ކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން ކަމަށެވެ.
އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި މަސްވެރިކަމާއި އުމްރާނީ ތަރައްގީ އާއި ދަނޑުވެރިކަމާއި، ޓޫރިޒަމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ.
ރައީސް މުއިއްޒުގެ އަރިހަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް އޮފް ޗައިނާގެ 14ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސްޗެއާމަން، އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ގައުމުން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮންގްމިން ވަނީ، ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސް މުއިއްޒު ޗައިނާ އަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވައިފަ އެވެ.
އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ގައުމާއި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޗައިނާއާ އެކު ކުރާ މަސައްކަތްތައް އިތުރު ހަލުވިވެއްޖެ
ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ތައުރީފް
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން