ނަސްލު ނައްތާލުމުގެ ޖަރީމާ ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ.
08 ނޮވެމްބަރ 2025
ނަސްލު ނައްތާލުމުގެ ޖަރީމާ ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ.
އިސްތަންބޫލުގެ ޕްރޮސެކިއުޓަރުން އިއްޔެ ނެރުނު އަމުރުގައި، ހައްދުފަހައަޅާފައިވާ ނަތަންޔާހޫ ހިމެނޭހެން 37 މީހަކު ހިމަނާފައި ވާއިރު އޭގެ ތެރޭފައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޒް އާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެންގަވްރާއި އާމީ ޗީފް އެޔާލް ޒާމިރު ހިމެނެ އެވެ.
ތުރުކީން ތުހުމަތުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ނިޒާމީ ގޮތެއްގައި "ޖެނޮސައިޑް" އެއް ކުރިއަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައި ވެ އެވެ.
"އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް އޮކްޓޯބަރު 17، 2023 ގައި ދިން ހަމަލާގައި 500 މީހެއްގެ ފުރާނަ ދުއްވާލި. ފެބްރުއަރީ 29، 2024 ގައި އިޒްރޭލު ސިފައިން ގަސްދުގައި މެޑިކަލް އިކްއިޕްމެންޓްތައް ނައްތައިލި. ޣައްޒާ ބާއްވާފައި އޮތީ ހިސާރެއްގެ ދަށުގުވައި. އަނިޔާ ލިބުނު މީހުން އިންސާނީ އެހީން މަހުރޫމްކުރި،" ތުރުކީން ނެރުނު އަމުރުގައި ބުންޏެވެ.
އަމުރުގައި ހިމަނާފައިވާ ވަކިވަކި ޖަރީމާތަކުގެ ތެރެގައި ޣައްޒާގައި ތުރުކީން ބިނާކޮށްފައިވާ "ޓާކީ ޕެލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާޗް މަހު ދިން ހަމަލާ ހިމެނެ އެވެ.
ތުރުކީން ނެރުނު އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށް އިޒްރޭލުން ބުނި އިރު އެ އަމުރަށް ހަމާސް އިން ވަނީ ތައުރީފު ކޮށްފަ އެވެ.
ތުރުކީގެ އަމުރު އައިސްފައި މިވަނީ ނަތަންޔާހޫއާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލާންޓް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނުތާ އަހަރެއް ފަހުންނެވެ.
އިޒްރޭލުން ޣައްޒާގައި ދެ އަހަރު ތެރޭ 67،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުޅި ޣައްޒާ ބިމާ ހަމަވެ މުޅި ސިޓީ ބަނޑަށް ޖެއްސި އެވެ.
ޣައްޒާއަަށް ތުރުކީ ސިފައިން ވައްދަން ދެކޮޅު ހަދައިފި
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ސުލްހައިގެ ފައުޖެއް އޮތަސް ހަމަލާދޭނަން: ނަތަންޔާހޫ
ޣައްޒާ ސަމިޓުގެ ލީޑަރުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފި
ޣައްޒާގެ ސުލްހަޔަށް ހަތަރު ގައުމަކުން ޖާމިނުވެއްޖެ
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ބައިވެރިވޭ
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް
އިޒްރޭލު ބޮއިކޮޓްގެ އަޑު އާޓިސްޓުންނާ އެކު ގަދަވެއްޖެ
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ