ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް އެއްބަސް ވެގެން ތިބި ނަމަވެސް ޣައްޒާއަށް ބޭނުން އިރަކު ހަމަލާދޭނެ ކަމަށާއި ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާގައި ބޭއްވިޔަސް އިޒްރޭލުން އެކަމަށް ބަލަން ނުޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް އެއްބަސް ވެގެން ތިބި ނަމަވެސް ޣައްޒާއަށް ބޭނުން އިރަކު ހަމަލާދޭނެ ކަމަށާއި ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާގައި ބޭއްވިޔަސް އިޒްރޭލުން އެކަމަށް ބަލަން ނުޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ނަތަންޔާހޫ އޭނާގެ ވަޒީރުންނާ ބައްދަލުކޮށް ބުނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ސުލްހަ ބަލަހައްޓަން ބައިނަލްއަގުވާމީ ފައުޖެެއް ކަނޑައެޅި ކަމުގައި ވިޔަސް ޣައްޒާއަށް ވަދެވޭނީ އިޒްރޭލުން ރުހުން ދޭ ގައުމުތަކުގެ ސިފައިންނަށް އެކަނި ކަމަށެވެ. އަދި "ދުޝްމަނުންނަށް ހަމަލާ ދޭނީ ކޮންތާކުން ކޮން އިރަކުތޯ" އެހެން ބައެއްގެ ކައިރީ އިޒްރޭލުން އަހަން ނުޖެހޭނެ ކަމަށް ބުންޏެވެ.
"އިޒްރޭލަކީ މިނިވަން ގައުމެއް. އަހަރެމެންގެ ސަލާމަތް ހޯދާނީ އަހަރެމެން އަމިއްލައަށް. މިކަމުގައި އެހެން ބައެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. އަހަރެމެންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އަހަރެމެން." ނަތަންޔާހޫ ބުންޏެވެ.
ހަމާސް އާއި އިޒްރޭލުން ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ވަނީ ފަހަތަށް ޖެހިފަ އެވެ. އަދި ފަހުގެ މަރުހަލާއެއްގައި ޣައްޒާ ހިމާޔަތް ކުރުމުގެ ޒިންމާ ނަގާނީ އަރަބި ނުވަތަ މުސްލިމް ގައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ލަޝްކަރަކުންނެވެ.
އެކަމަކު އިޒްރޭލުގެ ނުރުހުން އަމާޒުވާ ތުރުކީގެ ބައިވެރިވުން މި ލަޝްކަރުގައި ނުބޭއްވޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ޣައްޒާއަަށް ތުރުކީ ސިފައިން ވައްދަން ދެކޮޅު ހަދައިފި
ޣައްޒާ ސަމިޓުގެ ލީޑަރުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފި
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ބައިވެރިވޭ
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި