ހޮންކް ކޮންގްގެ އެއާލައިން، ކެތޭ ޕެސިފިކްގެ ހިއްސާ ގަތަރު އެއާވޭސް އިން ދޫކޮށްލަން ނިންމައިފި އެވެ.
ހޮންކް ކޮންގްގެ އެއާލައިން، ކެތޭ ޕެސިފިކްގެ ހިއްސާ ގަތަރު އެއާވޭސް އިން ދޫކޮށްލަން ނިންމައިފި އެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، 8 އަހަރަށް ފަހު، ގަތަރުން ކެތޭ ޕެސިފިކްގެ 9.6 ޕަސެންޓް ހިއްސާ ދޫކޮށްލަނީ 896 މިލިއަން ޑޮލަރު (14 ބިލިއަން ރުފިޔާ) އަށެވެ. އެއީ ހިއްސާއެއް 1.4 ޑޮލަރުގެ ރޭޓުންނެވެ.
ކެތޭ ޕެސިފިކްގެ ތިން ވަނަ އަށް އެންމެ ބޮޑު ހިއްސާ އޮތް ކުންފުންޏަށް ގަތަރު އެއާލައިންވީ 2017 ވަނަ އަހަރު އެވެ. އެ ކުންފުނިން އެ ހިއްސާ ގަތީ ކިންގްބޯޑު ކެމިކަލް ހޯލްޑިން އިން 662 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) އަށެވެ. އެއީ މެދުއިރުމަތީގެ އެއާލައިނަކުން އިރުމަތީ އޭޝިއާގެ އެއާލައިނެއްގެ ހިއްސާ ގަތް ފުރަތަމަ ފަހަރެވެ.
ގަތަރު އެއާވޭސްގެ ސީއީއޯ ބަދުރް މުހައްމަދު އަލް މީރު ވިދާޅުވީ، ކެޕޭ ޕެސިފިކްގެ އިންވެސްޓްމެންޓުން އެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބުނު ކަމަށާއި މިއީ ގަތަރު އެއާވޭސްގެ ދިގުރާސްތާގެ ކުރިމަގަށް މުހިއްމު ނިންމުމެއް ކަމަށެވެ.
ގަތަރު އެއާވޭސް އިން ކެތޭ ޕެސިފިކްގެ ހިއްސާ ދޫކޮށްލަން ނިންމުމުން ކެތޭ ޕެސިފިކްގެ ދެން ތިބި ހިއްސާދާރުން ކަމަށްވާ ސްވަޔާ ޕެސިފިކްގެ ހިއްސާ 48 ޕަސެންޓަށް އަދި އެއާ ޗައިނާގެ ހިއްސާ 38 ޕަސެންޓަށް އިތުރުވާނެ އެވެ.
ކެތޭ ޕެސިފިކްގެ ޗެއާމަން ޕެޓްރިކް ހީލީ ވިދާޅުވި ގޮތުގައި، ގަތަރު އެއާވޭސް އަށް ވިއްކި ހިއްސާ އަނބުރާ ގަތުމުން، ކުންފުންޏަށް ލިބޭ ކުރިއެރުން އެނގޭނެ އެވެ. މިިދިޔަ އަހަރު އެ އެއާލައިން ވަނީ ފްލީޓު އިތުރު ކުރުމަށްޓަކައި 13 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްގެ ޕްރޮޖެކްޓެއް އިފުތިތާހު ކޮށްފަ އެވެ.
ގަތަރު އެއާލައިނުން އަންނަނީ އެހެން ބައެއް ގައުމުތަކުގެ އެއާލައިންތަކަށް ވެސް އިންވެސްޓް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ޗައިނާގެ ސަދާން އެއާލައިންގެ ފަސް ޕަސެންޓް ހިއްސާ ގަނެފައިވެ އެވެ.
އެ ކުންފުނީގެ ދަށުގައި މި ވަގުތު ބައިނަލްއަގްވާމީ އެއާލައިންތަކުގެ 25 ޕަސެންޓް އެބަ އޮތެވެ. އޭގެ ތެރޭގައި ސްޕެއިންގެ އައިބީރިއާ އާއި އަޔަލެންޑްގެ އެއާ ލިންގަސްގެ އިތުރުން އެހެން ބަޖެޓް އެއާލައިންތައް ވެސް ހިމެނެ އެވެ. މި އަހަރުގެ ތެރޭގައި ގަތަރު އެއާވޭސް އިން ވަނީ ވާޖިން އޮސްޓްރޭލިއާގެ 25 ޕަސެންޓް ހިއްސާ ގަނެފަ އެވެ. އަދި ރުވާންޑާ އެއާގެ 49 ޕަސެންޓް ގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފްލައިޓުގައި މީހަކު ވިއްސި ޑޮކްޓަރަށް ތައުރީފް
މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ފަސްފްލައިޓް
ފްލައިދުބާއީ އިން ބޯޓު ގަންނަ ބޮޑު އިންވެސްޓްމެންޓެއް
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި
އިންޑިގޯއިން ރާއްޖެ-ޓްރިވެންޑްރަމް ދަތުރުތައް ފަށަނީ
ރަންވޭ ހުޅުވާނުލާތީ، ގިނަ ފްލައިޓްތަކެއް ޑިލޭވެއްޖެ
ވައި ގަދަ, ފްލައިޓުތައް ނުޖެއްސިގެން ބުރުޖަހަނީ!
ފެނުނީ ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ނުރައްކާތެރިކަން!
"އެއް ފްލައިޓް ކެންސަލް، ދެ ފްލައިޓް ޑިލޭ ވާނެ"
ރާއްޖެއަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ!