ޔޫއޭއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިދުބާއީ އިން އެ އެއާލައިންގެ ފްލީޓު ބޮޑުކުރުމަށް 24 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.
ޔޫއޭއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިދުބާއީ އިން އެ އެއާލައިންގެ ފްލީޓު ބޮޑުކުރުމަށް 24 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.
ބޭރުގެ މީޑިއާތަކުގައިވާ ގޮތުން އެ އެއާލައިނުން ވަނީ އެއާބަސް އޭ321ނިއޯ މަރުކާގެ 150 ޖެޓް ގަތުމަށް އޯޑަރު ދީފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އާ މަތިންދާބޯޓުތައް އެ އެއާލައިނަށް ލިބޭނީ 2031 ވަނަ އަހަރު އެވެ.
އެ އެއާލައިންގެ ޗެއާމަން ޝެއިހު އަހުމަދު ބިން ސައީދު އަލް މަހްތޫމް ވިދާޅުވީ އެއީ އެ އެއާލައިން އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެ އެއާލައިން އިން މިވަގުތު ވެސް ބޮއިން 737 މަރުކާގެ 95 މަތިންދާބޯޓު ބޭނުން ކުރެ އެވެ.
ފްލައިދުބާއީ އިން ވަނީ ސްޕޭސް އެކްސްއާ އެކު ވެސް ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ އެއާލައިންގެ ހުރިހާ މަތިންދާބޯޓަކަށް ސްޓާލިންކް މެދުވެރިކޮށް ހިދުމަތްތައް ލިބިގެން ދާނެ އެވެ. ސްޕޭސް އެކްސްއަކީ އެމެރިކާގެ މަހުޖަނެއް ކަމަށްވާ އީލޮން މަސްކްގެ ކުންފުންޏެކެވެ.
ފްލައިދުބާއީ ގެންދަނީ ރާއްޖެ އާއި މެދުއިރުމަތީގެ މަންޒިލްތަކާ ދެމެދު މިހާރު ދަތުރުތައް ކުރަމުންނެވެ. ފްލައިދުބާއީ އަކީ ޔޫރަޕްގެ ގިނަ މަންޒިލްތަކުން ވެސް ރާއްޖެއަށް ޓޫރިސްޓުން ގެންނަ ކަނެކްޓިން އެއާލައިނެކެވެ.
ސްރީ ލަންކަން އެއާލައިންސް ވިއްކާލަނީ
ބިއޯންޑަށް ސީއޭއެމްއޯ އެޕްރޫވަލް ދީފި
ރާއްޖެއަށް ދަތުރު ކުރި ގޯއެއާގެ އޮޕަރޭޝަން ހުއްޓާލައިފި
ފްލައިދުބާއީ އިން ރާއްޖެ-ލަންކާ ދަތުރުތައް ފަށައިފި
ފްލައިދުބާއީން ސީދާ ދަތުރުތައް އައްޑު އަށް ފަށަނީ
ލަންކާއަށްދާ ފްލައިޓްތަކުން ތެޔޮ ހިފައިގެން ދާން ބުނެފި
އަހަރަކަށްފަހު ފްލައި ދުބާއީ އަލުން ރާއްޖެ އަންނަނީ
އޮސްޓްރިއަން އިން ރާއްޖެއަށް ދަތުރުތައް އިތުރު ކުރަނީ
އިތުރު ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފަށަނީ
ތެޔޮބައުޒަރަކުންޖެހި ފްލައިދުބާއީ ބޯޓެއް ގްރައުންޑްވެއްޖެ