މިދިޔަ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިކަން ވައްޓާލި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހުން މެރުމާއި ތަންތަނަށް ގެއްލުން ދިނުން އަދި އެކި ކުށްތަކުގެ ތުހުމަތުގައި މިހާތަނަށް 423 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިކަން ވައްޓާލި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހުން މެރުމާއި ތަންތަނަށް ގެއްލުން ދިނުން އަދި އެކި ކުށްތަކުގެ ތުހުމަތުގައި މިހާތަނަށް 423 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ހާމަކުރި ހިސާބުތަކުގައިވާ ގޮތުން، ހުއްދަ ނެތި ހަތިޔާރު ގެންގުޅުމާއި ވައްކަންކުރުމާއި ބޭއަދަބީ އަމަލުތައް ހިންގުން ފަދަ ކަންކަމުގެ ތުހުމަތުގައި ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.
"މުޒާހަރާގެ ތެރޭގައި ހިނގާފައިވާ ކަންކަން ވަކި ޓީމަކުން ބަލައި އެ ކަންކަމުގެ މައުލޫމާތު ގެންދަނީ އެއްކުރަމުން،" ނޭޕާލް ފުލުހުންގެ ތަރުޖަމާނު އަބީ ނަރަޔަން ކަފްލޭ ވިދާޅުވި އެވެ.
އުމުރުން 28 އަހަރުގެ ދަށަށް ނިސްބަތްވާ އުމުރުފުރާ ކަމަށްވާ "ޖެން ޒީ" އިން އިސްވެ ނޭޕާލުގައި މުޒާހަރާ ފެށީ އެ ގައުމުގައި ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެކަމަކު ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާއި އިގްތިސާދީ އެކި މައްސަލަތަކާ ހިސާބަށް މުޒާހަރާގެ ސަބަބުތައް ފުޅާކޮށް ސަރުކާރާ ދެކޮޅު އެންމެންގެން މުޒާހަރާއަކަށް ފަހުން ބަދަލުވެގެން ދިޔަ އެވެ.
މުޒާހަރާގައި މީހުން ގިނަވެ އަދި މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މަރުވުމާ އެކު ރުޅިވެރިކަން އިތުރުވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގައި ހުޅު ޖެހި އެވެ. އަދި ސިޔާސީ އެކި ފެންވަރުގެ ބޭފުޅުންގެ ގޭގެއަށް ވަދެ މީހުންނަށް އަނިޔާވެރިކަމާ އެކު އަމަލުކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ދެ ދުވަހުގެ ހަމަނުޖެހުންތަކުގައި 76 މީހުން މަރުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 63 މީހަކާއި ޖަލުން ފިލައިގެން ދިޔަ 10 މީހަކާއި ތިން ފުލުހުން ހިމެނެ އެވެ.
މި ހަމަނުޖެހުންތަކާ ހެދި ބޮޑުވަޒީރުކަމުގެ މަގާމުން ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން މުޒާހަރާގެ އިސް މީހުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޑިސްކޯޑްގައި ކުރި މަޝްވަރާތަކަށް ފަހު ގައުމު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީއާ އެވެ.
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
މާލޭން ގެއްލުނު ނޭޕާލު މީހާ ފެނިއްޖެ
މާލޭގައި ނޭޕާލު އަންހެނަކު ގެއްލިގެން ހޯދަނީ
ވަޅިން ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ވެރިކަމުގައި ހުންނާނީ ހަ މަހު: ސުޝިލާ
އާ ބޮޑުވަޒީރާ އެކު ނޭޕާލަށް ހަމަޖެހުމެއް
މުޒާހަރާތެރޭ ނޭޕާލު ޖަލުތަކުން 13،500 މީހަކު ފިލި
ދިވެއްސަކަށް ނޭޕާލްގައި ބިރުވެރި ތަޖުރިބާއެއް
ނޭޕާލު އަނދަނީ، ސިޔާސީ މީހުންގެ ގެތަކުގައި ހުޅުޖަހަނީ
މުޒާހަރާއަށް ފަހު ނޭޕާލުގެ ބޮޑުވަޒީރު އިސްތިއުފާ ދީފި