އަންނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
12 ނޮވެމްބަރ 2025
އަންނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެހެން އިދާރާތަކެކޭ އެއްގޮތަށް އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ވެސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ. އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ގާނޫނު 2011 ވަނަ އަހަރު ވުޖޫދުވި ފަހުން މުސާރައަށް ބަދަލެއް ނާންނަތާ 13 އަހަރުވެއްޖެ އެވެ.
ކަސްޓަމްސްގެ އިސްވެރިންނާ، ބަޖެޓް ރިވިއު ކޮމިޓީން ބައްދަލުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާ ކުރުމަށް އިތުރަށް 270 މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ މުވައްޒަފުންގެ މުސާރަ އާއި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ބަޖެޓުން އުނިކޮށްފައިވާ އަދަދަށް އިތުރު 70 މިލިއަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ކަސްޓަމްސްގެ މަސައްކަތާ ބެހޭ ގޮތުން ދެކެވުނު ވާހަކާގައި ކޮންޓެއިނާ ސްކޭނާ ބެހެއްޓުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ކޮންޓެއިނާ ސްކޭނާ ބެހެއްޓިއްޖެ ނަމަ، ޕޯޓުގައި ހިންގާ ސްމަގްލިން އާއި އެނޫން ވެސް ކަންތައްތައް އޭގެ ތެރެއިން ޑިއުޓީ ވެސް އެހެނިހެން ކަންކަން ވެސް އިތުރުވެގެންދާނެތީވެ އެބައިތައް ހުންނާނެ މަޖިލީހަށް ހުށަހަޅާފައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ކޮންޓެއިނާ ސްކޭނާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ކަމަށާއި އެކަން ކުރުމަށް ގިނަ މަސައްކަތްތައް ރާވަމުން އަންނަ ކަމަށެވެ.
ދިޔާނާ ވިދާޅުވީ، މިކަމަށް ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އަންނަ އަހަރަށް އެ އިދާރާއަށް ލިބިފައި އޮތީ ފިނޭންސް މިނިސްޓްރީއާ އެކު އެއްބަސްވި ބަޖެޓަށް ވުރެ 19 މިލިއަން ދަށް އަދަދެއް ކަމަށެވެ. އެއީ 297 މިލިއަން ރުފިޔާ އެވެ.
ސްކޭން ކުރަން ފެށުމުން ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ
64.2 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
"ޑޮލަރު ހަރުނުލަނީ ފޮރިން އިންވެސްޓްމެންޓް ގިނަކަމުން"
ބޮޑުކުރާ މުސާރައާ އެކު އިންފްލޭޝަނަށް ތައްޔާރުވާންޖެހޭ
ބަޖެޓު ނެތިގެން 54 މަގާމަށް މީހުން ނުނެގޭ: ސީއެސްސީ
"މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވާނީ ބަހާލައިގެން"
ކޯޓު މަރުހަލާތަކާ ހެދި އެއް ބިލިއަން ނުލިބި ތާށިވެފައި
މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް