ދުނިޔޭގެ އެންމެ ބޮޑު ޔޫޓިއުބަރުންގެ ތެރޭގައި ހިމެނޭ "މިސްޓަ ބީސްޓް"ގެ ތީމް ޕާކެއް ސައުދި އަރަބިއްޔާގައި ހުޅުވައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޔޫޓިއުބަރުންގެ ތެރޭގައި ހިމެނޭ "މިސްޓަ ބީސްޓް"ގެ ތީމް ޕާކެއް ސައުދި އަރަބިއްޔާގައި ހުޅުވައިފި އެވެ.
މިސްޓަ ބީސްޓްގެ "ބީސްޓް ލޭންޑް" ތީމް ޕާކް ހުޅުވީ ސައުދީގެ ވެރިރަށް ރިޔާދުގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިސްޓަ ބީސްޓްގެ ތީމް ޕާކް ހުޅުވުމަށް މިސްޓަ ބީސްޓް ސައުދީގައި.-- ފޮޓޯ: އޭއެފްޕީ
މި މަހު 100 ބިލިއަން ވިއުސް ލިބިފައިވާ އަދި ޔޫޓިއުބް ޗެނަލްގައި 450 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބި މިސްޓަ ބީސްޓް ވަނީ އެ ތީމް ޕާކް ހުޅުވުމަށް މިދިޔަ ހަފުތާގައި ސައުދީގައި ގޮސްފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިސްޓަ ބީސްޓްގެ ވީޑިއޯތަކުން ފެންނަ ތީމް ޕާކްތަކާ އެއްގޮތަށް ހަދާފައިވާ އެތަނުގައި އެކި ޗެލެންޖުތަކުގައި ބައިވެރިވެގެން ފައިސާގެ ބޮޑެތި އިނާމު ލިބެ އެވެ.
އެ ޗެލެންޖުތަކުގައި ފައިސާގެ އިނާމުގެ ގޮތުގައި ދެ މިލިއަން ރިޔާލު (530،000 ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ސައުދި އަރަބިއްޔާގައި ހުޅުވި މިސްޓަ ބީސްޓްގެ ތީމް ޕާކްގެ އެތެރެ.-- ފޮޓޯ: އޭއެފްޕީ
މި މަހު 13 އިން އަންނަ މަހު 27 އަށް ހުޅުވާފައި ހުންނާނެ އެ ތީމް ޕާކަކީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެ ގައުމުގެ އިގުތިސާދު އެހެން ދާއިރާތަކަށް ހުޅުވާލަން ހިންގާ "ވިޝަން 2030" ސިޔާސަތުގެ ދަށުން ހިންގާ އެކި ހަރަކާތްތަކުގެ ދަށުން ހުޅުވި ތަނެކެވެ.
މިސްޓަ ބީސްޓް މަޝްހޫރު ވެފައި ވަނީ އާންމުންގެ ތެރޭގައި އާންމުން ބައިވެރިކޮށްގެން ތަފާތު އެކި ކަހަލަ ކޮންޓެސްޓުތައް ބާއްވައި، ވީޑިއޯތައް ހަދާ ޔޫޓިއުބަރެއްގެ ގޮތުގަ އެވެ. އޭނާއަށް އެހާ ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ ވަނަތަކަށް އަންނަ މީހުންނަށް ފައިސާގެ ބޮޑެތި އިނާމުތައް ދޭތީ އެވެ.
ބީސްޓްގެ އެހީ 1000 މީހުންގެ ލޮލުގެ ސާޖަރީއައަށް
ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި
ސައުދީން ފަލަސްތީނަށް 90 މިލިޔަން ޑޮލަރު ދީފި
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ އިސް ވަފުދެއް
ފުޓްބޯޅަ ސްޓޭޑިއަމް ހަދަން ސައުދީ ފަންޑުން ލޯނު ދެނީ
އިޒްރޭލަށް ޖާސޫސްކޮށްދިން ޔަމަނު ބަޔަކަށް މަރުގެ އަދަބު
ޝަރުއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމަށް ރެކޯޑެއް