ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކެއްގެ ސަބަބުން ގާނޫނުއަސާސީގެ ބާރު ކެނޑިއްޖެ ކަމަށް ވިދާޅުވެ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފި އެވެ.
ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކެއްގެ ސަބަބުން ގާނޫނުއަސާސީގެ ބާރު ކެނޑިއްޖެ ކަމަށް ވިދާޅުވެ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މިދިޔަ ހަފްތާގައި ގެނައި އިސްލާހުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގައި ދެން ދުސްތޫރީ މައްސަލަތަކެއް ނުބެލޭނެ އެވެ. އަދި މި ބަދަލުތަކާ އެކު އެ ގައުމުގެ އަސްކަރިއްޔާގެ ބާރުތައް ސިޔާސީ ކަންކަމުގެ ތެރެއަށް އިތުރުވެ ޑިމޮކްރަސީ ބަލިކަށިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އާ އިސްލާހުގެ ދަށުން ވަނީ ފެޑެރަލް ކޮންސްޓިއުޝަނަލް ކޯޓް އުފައްދައި އެ ކޯޓުގެ އިސް ފަނޑިޔާރު އައްޔަންކޮށް ހުވާކުރައްވައިފަ އެވެ. މީގެ ފަހުން ދުސްތޫރީ މައްސަލަތައް ބަލާ މި ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ސަރުކާރުންނެވެ.
ސުޕްރީމް ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންނަށް އާ ގާނޫނު ސަސްޕެންޑް ކުރެވިދާނެ ކަމަށް ވަކީލުން ބުނެ އެވެ. އެކަމަކު މިއީ ކުރާނެ ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ވަކީލުން ބުނެ އެވެ. ފަނޑިޔާރުން އިސްތިއުފާ ދެއްވުމުގެ ކުރިން އެ ކޯޓުގައި ތިބީ 24 ފަނޑިޔާރުން ތިއްބެވި އެވެ.
ސުޕްރީމް ކޯޓުގައި ދެ ވަނަ އަށް އެންމެ ދުވަސްވީ ފަނޑިޔާރު ސައްޔިދު މަންސޫރު އަލީ ޝާހު އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން، އެންމެ މަތީ ކޯޓުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ގެއްލި، އެތައް އަހަރެއް ފަހަތަށް ޖެހިފައިވާ ކަމަށެވެ.
އިސްތިއުފާ ދެއްވި އަނެއް ފަނޑިޔާރު އަތާރް މިނަﷲ ލިޔުއްވާފައިވަނީ، "އަޅުގަނޑު ހުވާކުރި ގާނޫނުއަސާސީ މިހާރު ނެތް" ކަމަށެވެ. "ދެން ބާކީ އޮތީ އޭގެ ރޫހެއް އަދި ރައްޔިތުންގެ އަޑު ވެސް ނުއުފުލޭ ފަނޑު ހިޔަންޏެއް،" އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު މި ނޫނަސް އެތައް ކަމެއް ސިޔާސީ ވާދަވެރިންނާ ދެކޮޅަށް އެ ގައުމުގައި އަންނަނީ ކުރަމުންނެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ޑިމޮކްރަސީ ހިމާޔަތް ކުރުމުގައި ކޯޓުތަކުގެ ދައުރު ކުޑަވެގެން ގޮސްފައި ވާއިރު އަސްކަރިއްޔާއިން ގެންދަނީ ނުފޫޒު ގަދަކުރަމުންނެވެ.
އެކަމަކު ސިޔާސީ ކަންކަމަށް ނުފޫޒު ނުފޯރުވާ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.
ބޮޑުވަޒީރު ޝާހްބާޒް ޝަރީފްގެ ސަރުކާރުން ބުނަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލުން ސަރުކާރުގެ ހިންގުން އިތުރަށް ރަނގަޅުވެ، ހަނގުރާމައިގެ ވަގުތު އަސްކަރިއްޔާއަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ބާރު ވެސް ލިބޭނެ ކަމަށެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް ވިދާޅުވީ ޕާކިސްތާނު ދަތުރުކުރީ ދުސްތޫރީ މަގުން ކަމަށެވެ.
"ފަނޑިޔާރުން އުޅުނީ ސިޔާސީ ވެގެން. އެ މީހުން މަޖިލީހުގެ ދައުރު ހަނިކުރީ."
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ގާޒީ ފާއިޒު ވަކިކުރަން މަޖިިލިހުން ފާސްކޮށްފި
ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީން ނިންމައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީއަށް
އިސްތިއުނާފް ބެންޗްގައި އަމުރު ނެރުއްވި ފަނޑިޔާރު
ތާލިބާނުން ބައްދަލުކުރި ތޯހާ އެނބުރި ޕާކިސްތާނަށް
ގާޒީ ފާއިޒް ވަކިކުރަން މަޖިލިހަށް ހުށަހަޅަން ނިންމައިފި
ޖޭއެސްސީގެ ރައީސް ހޮވަން މުއިއްޒުގެ ހިޔާލެއް