ހުޅުމާލެ 1 ގައި އަޅާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން 244 މިލިއަން ރުފިޔާ އަށް އާރުސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
17 ނޮވެމްބަރ 2025
ހުޅުމާލެ 1 ގައި އަޅާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން 244 މިލިއަން ރުފިޔާ އަށް އާރުސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އާރުސީސީން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ.
އާރުސީސީއާ އެ މަސައްކަތް ހަވާލުކުރީ 24 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 244,508,842.00 ރުފިޔާ އަށެވެ. މަޝްރޫއު ނިންމުމަށް ފަހު، ފަސް އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެއީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭނިންސްގެ ދަށުން ހަރަދުކުރާ މަޝްރޫއެކެވެ.
ހުޅުމާލޭގައި އަޅާ ވަގްފް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި އާރުސީސީގެ އެމްޑީ ރަޝީދު މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބުނީ ދާރުއްސަލާމް ވަގްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު އަޅާ 12 ބުރީގެ އިާރާތެއް ކަމަށެވެ އެ އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ޖާގަ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާނެ އެވެ. އަދި ތިން ވަނަ ފަންގިފިލާ އިން ފެށިގެން 12 ވަނަ ފަންގިފިލައާ ހަމައަށް ހުރި ފަންގިފިލާތަކުގައި ހުންނާނީ ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކައި މީޓިން ރޫމްތަކެވެ. ޢިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލެއް ހުންނާނެ ކަމަށާއި ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ އާންމު ޓެރަސްއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާކަމަށް ވެސް އެ މިނިސްރީން ބުންޏެވެ.
ހުޅުމާލޭގެ ވަގުފު އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރެ އެވެ. އޭގެ 20 ޕަސެންޓް ޒަކާތު ހައުސް އަށް ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އާމްދަނީގެ 80 ޕަސެންޓް ޖަމާކުރާނީ އިސްލާމިކް ވަގްފު ފަންޑަށެވެ.
ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ވަގުފް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
މާލޭގައި ހަދާ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ވަގުފް އިމާރާތްތައް ތަރައްގީކުރަން ބީއެމްއެލުން އެހީވަނީ
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
ޖާހުފްލެޓުތައް މި މަހުގެ ނިޔަލަށް ނިންމައި ހަވާލުކުރަނީ
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވައިފި
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.
ރާއްޖޭގައި މިވަގުތު 284 ހާފިޒުން އެބަތިބި