ގޭމިންގައި ވަރުގަދަ ރޯބްލޮކްސް އިން، ފޭޝަލް ރިކޮގްނިޝަން ނުވަތަ އައިޑީ ޗެކްކުރުމަށް ފަހުގައި ނޫނީ ޕްލޭޔަރުންނަށް ޗެޓް ފީޗާ ނުލިބޭ ގޮތް އަންނަ މަހުން ފެށިގެން ހަދާނެ ކަމަށް ބުނެފި އެވެ.
ގޭމިންގައި ވަރުގަދަ ރޯބްލޮކްސް އިން، ފޭޝަލް ރިކޮގްނިޝަން ނުވަތަ އައިޑީ ޗެކްކުރުމަށް ފަހުގައި ނޫނީ ޕްލޭޔަރުންނަށް ޗެޓް ފީޗާ ނުލިބޭ ގޮތް އަންނަ މަހުން ފެށިގެން ހަދާނެ ކަމަށް ބުނެފި އެވެ.
މިއީ ނުވަ އަހަރުން ދަށުގެ ކުދިން، ބެލެނިވެރިންގެ ރުހުމާ ނުލައި ޗެޓް ކުރުން ހުއްޓުވައި، ބޮޑެތި މީހުންނާއި ކުޑަކުދިންނާ ދެމެދު އޮންލައިން މުއާމަލާތްތައް މަދުކުރުމުގެ ބޭނުމުގައި އަޅާ ފިޔަވަޅެކެވެ. އަދި އެކި އުމުރުފުރާތަކަށް އެކި ފީޗާތައް ހާއްސަކުރުމާ އެކު ނުވަ އަހަރުން ދަށާއި 21 އަހަރުން ދަށާ ދެމެދުގެ ހަ އުމުރުފުރައެއް ކަނޑަަޅާނެ އެވެ.
ޗެޓްކުރާ ނަމަ އުމުރު ކަށަވަރުކޮށްދިނުމުގެ ފީޗާ އަންނަ ޑިސެމްބަރު މަހުން ފެށިގެން ފުރަތަމަ ދޭނީ އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި ނެދަލެންޑްސްގަ އެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން މުޅި ދުނިޔެއަށް މި ފީޗާ ދޫކުރާނެ އެވެ.
"މުއާސަލާތުކުރުމުގައި މޫނުގެ ފީޗާތައް ދެނެގަނެ އުމުރު ކަށަވަރުކޮށްގެން ނޫނީ ޗެޓް ފީޗާ ނުލިބޭ ގޮތް ހަދާ ފުރަތަމަ ގޭމިން އަދި މުއާސަލާތީ ޕްލެޓްފޯމަކީ ރޯބްލޮކްސް. އުންމީދަކީ މުޅި އިންޑަސްޓްރީގައި މިއީ އާންމު މިންގަނޑުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް،" ކެލިފޯނިއާގައި ހިންގާ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
އަލަށް ގެންނަ ފީޗާއާ އެކު، ރޯބްލޮކްސް ބޭނުންކުރާ މީހުން ޖެހޭނީ މޫނުގެ ފޮޓޯއެއް ނުވަތަ އައިޑެންޓިޓީ ކާޑެއް ބޭނުންކޮށްގެން އުމުރު ކަށަވަރުކޮށްދޭށެވެ.
މިގޮތަށް އުމުރު ކަށަވަރުކުރުން މަޖުބޫރުކުރުމުގެ ކުރިން ވެސް ބޭނުން ނަމަ އަމިއްލައަށް އުމުރު ކަށަވަރުކޮށްދެވޭނެ ކަމަށް ބުންޏެވެ.
ރޯބްލޮކްސް އެޕް މެދުވެރިކޮށް މޫނުގެ އުމުރު އަންދާޒާކުރާނީ އައިޑީ ވެރިފިކޭޝަން ކުންފުނި ޕާސަނާ އިންނެވެ. އަދި މި ޕްރޮސެސްގެ ބޭނުމަށް ދޭ ފޮޓޯ އާއި ވީޑިއޯ ފަދަ މެޓީރިއަލް، އެ ޕްރޮސެސް ނިމުމާ އެކު ޑިލީޓްކޮށްލާނެ އެވެ.
މަންމަގެ އެކައުންޓުން ރޯބްލޮކްސް އަށް 3،000 ޑޮލަރު
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސީރީޒް ނެރެފި
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން މަނާކޮށްފި
މެލޭޝިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ކޯޓް