މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާ މަނާކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާ މަނާކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުޑަކުދިން ހުށަހެޅޭ ނިސްބަތް ދަށްކުރުމަށް ފިޔަވަޅުތައް އަޅާ ގައުމުތައް އިތުރުވަމުން އަންނައިރު މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަދްޒިލް އިއްޔެ ވިދާޅުވީ މިހާރުވެސް ކުޑަކުދިނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާ އޮސްޓްރޭލިއާ އާއި އެހެން ބައެއް ގައުމުތަކުގައި މިކަން ކުރުމަށް ބޭނުންކުރާ އުސޫލުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ރަޖިސްޓްރީ ކޮށްފައިވާ އެކައުންޓްތައް އަންނަ މަހުން ފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިއެކްޓިވޭޓްކުރާނެ އެވެ. އޮސްޓްރޭލިއާގައި މިކަން ހަރުކަށިކަމާ އެކު ތަންފީޒުކުރަން ނިންމާފައި ވާއިރު އެހެން ގައުމުތަކުގެ ރެގިއުލޭޓަރުންގެ ސަމާލުކަން ވެސް ވަނީ އެ މަސައްކަތަށް ލިބިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިން ސޯޝަލް މީޑިއާއާ ދުރުކުރަން ޖެހެނީ އެ ކުދިން ސައިބަބުލީ އާއި ސްކޭމްތަކާއި ޖިންސީ ގޯނާ ފަދަ ނުރައްކާތަކުން ސަލާމަތްކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ޔޫޒާ އެކައުންޓް ހެދުން މަނާކުރަން ސަރުކާރުން ނިންމުމަށް، އެ ޕްލެޓްފޯމްތަކުން ތަބާވެ އަންނަ އަހަރުގެ ނިޔަލަށް އެކަން ފުރިހަމަކޮށް ނިންމާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ގެއްލުންވާ ކަމަށް ބުނެ ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް، ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ހިންގާ މެޓާ ޕްލެޓްފޯމްތައް ފަދަ ކުންފުނިތަކާ ދެކޮޅަށް އެމެރިކާގައި އެކި ދައުވާތައް ވެސް ކޮށްފައިވެ އެވެ.
ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް ފަދަ ގައުމުތަކުން ވެސް އަންނަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އުމުރު ކަށަވަރުކޮށްދޭންޖެހޭ، އޭޖް ވެރިފިކޭޝަން އެޕެއް ޓެސްޓް ކުރަމުންނެވެ.
ޓިކްޓޮކްގައި ޔުމްނުއަށް 700،000ރ. ގެ އެހީ
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ޗައިނާގެ 14 އަހަރުން ދަށަށް ޓިކްޓޮކް 40 މިނިޓަށް
ޖަރުމަންގެ ކުޑަ ފޭނަށް ހާއްސަ ފަންޑު ޔުނިސެފަށް
އިންސްޓަގްރާމްގެ އާ ވާޝަނެއް 13 އަހަރުން ދަށަށް
ޗެލެންޖެއްގައި ކުއްޖަކު މަރުވުމުން ޓިކްޓޮކަށް ނުރުހުން
ކުޑަކުއްޖަކު ޓިކްޓޮކަށް ދައުވާކޮށްފި
މާމަދަރިންގެ ފޮޓޯތައް ޑިލީޓްކުރަން ކޯޓަކުން އަމުރުކޮށްފި
މިއީ އެންމެ ލޯބި ޝެފް
އެންމެ ވިސްނުން ތޫނު ލިސްޓަށް ތިން އަހަރުގެ ކުއްޖެއް