"ދަ ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ނޮވެމްވަރު 20 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
"ދަ ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ނޮވެމްވަރު 20 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
"ދަ ހަންގާ ގޭމްސް: ސަންރައިޒް އޮން ރީޕިން" ރިލީޒްކުރާ ތާރީޚު އިއުލާންކޮށް، އެ ފިލްމުގެ ކުރު ޓީޒާއެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފަ އެވެ. މިއީ އެ ފްރެންޗައިޒްގެ ދެވަނަ ޕްރީކުއެލް ފިލްމެވެ.
އެ ފިލްމު ގެނެސްދޭ ލޯންގްސްލޭޓުން އާންމުކުރި ޓީޒާއިން އެނގޭ ގޮތުގައި، ފިލްމުގައި ދައްކާނީ "ހަންގާ ގޭމްސް"ގެ ކުރީގެ ފިލްމުތަކުގައި ވުޑީ ހެރެލްސަން ކުޅުނު ހޭމިޗް އެބަނަތީ ކެރެކްޓާގެ އޮރިޖިން ސްޓޯރީ އެވެ. އެއީ "ހަންގާ ގޭމްސް"ގެ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ 25 އަހަރު ކުރި އެވެ. މި ފިލްމުގައި ހޭމިޗްގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅެނީ އޮސްޓްރޭލިއާގެ އެކްޓަރު ޖޯސެފް ޒަޑާ އެވެ.
ޒަޑާއާ އެކު، ފިލްމުގައި މުހިންމު ރޯލުތަކުން ފެންނާނީ ވިޓްނީ ޕީކް، މެކްނާ ގްރޭސް، ޖެސީ ޕްލެމަންސް، ކެލްވިން ހެރިސަން ޖޫނިއާ، މާޔާ ހޯކް، އެލީ ފެނިންގް، ކިއަރަން ކަލްކިން، ގްލެން ކްލޯޒް އަދި ބިލީ ޕޯޓާ އެވެ.
"ދަ ހަންގާ ގޭމްސް: ސަންރައިޒް އޮން ރީޕިން" ބިނާކޮށްފައި ވަނީ "ހަންގާ ގޭމްސް"ގެ ލިޔުންތެރިޔާ ސުޒާން ކޮލިންސް މި އަހަރު ހަމަ އެ ނަމުގައި ނެރުނު ވާހަކައިގެ މައްޗަށެވެ.
މި ފިލްމު ވެސް ޑައިރެކްޓުކުރަނީ ކުރީގެ "ހަންގާ ގޭމްސް"ގެ ފިލްމުތައް ގެނެސްދިން ފްރެންސިސް ލޯރެންސެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ހަންގާ ގޭމްސް" ފްރެންޗައިޒްގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. އެންމެފަހުން ގެނެސްދިން ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި "ދަ ހަންގާ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" އެވެ.
ލައިވް އެކްޝަން "މޮއާނާ"ގެ ޓީޒާއެއް އާންމުކޮށްފި
ނޯލަންގެ "އޮޑެސީ"ގެ ފުރަތަމަ ފެނިލުން
އެޑެލް ހޮލީވުޑް ފިލްމެއް ކުޅެނީ
ފައިސާގެ ދަތިކަމާ ހެދި މޭގަން އެނބުރި އެކްޓިންއަށް
މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމަށް ރެކޯޑެއް
ޓައިގާ ޝްރޮފް ހޮލީވުޑް ފިލްމެއް ކުޅެނީ
"ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދެނީ
"ނައިވްސް އައުޓް 3" ގެނެސްދެނީ ޑިސެމްބަރުގައި
"ސްޕައިޑަމޭން"ގެ ފުރަތަމަ ދުވަސް ކެމެރާގެ ފުރަގަހުން
ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ