އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކުލް އެކްޓިން ދާއިރާއަށް އަލުން ނުކުންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކުލް އެކްޓިން ދާއިރާއަށް އަލުން ނުކުންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހެރީއާ ކައިވެނި ބައްލަވައިގަތުމާ އެކު، 2018 ވަނަ އަހަރުން ފެށިގެން މޭގަން ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މޭގަން މިހާރު ވަނީ ހޮލީވުޑަށް އެނބުރި ދާން ނިންމައި ފުރަތަމަ ފިލްމަށް ސޮއިކޮށްފަ އެވެ. އެއީ "ކްލޯޒް ޕާސަނަލް ފްރެންޑްސް" ކިޔާ ރޮމެންޓިކް ކޮމެޑީ ފިލްމެއް ކަމަށާއި އެ ފިލްމުގައި މޭގަންއާ އެކު، ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ލިލީ ކޮލިންސް، ބްރީ ލާސަން، ހެންރީ ގޯލްޑިން އަދި ޖެކް ސްކުއަޑް ފެންނާނެ އެވެ.
ނަމަވެސް، އެ ފިލްމު ރިލީޒްކުރާ ދުވަހެއް އަދި ނޭނގެ އެވެ.
އެ ފިލްމު ކުޅެން މޭގަން ނިންމީ ޝާހީ އާއިލާ އޮތް ގުޅުން ކަނޑާލައި ދިރިއުޅުން އެމެރިކާއަށް ބަދަލުކުރި ފަހުން ދެމަފިރިންގެ މާލީ ހާލަތު މިހާރު ވަރަށް ބޮޑަށް ދަށްވެފައި ވާތީ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޝާހީ އާއިލާއާ ގުޅުން ކަނޑާލައި، ހެރީ އާއި މޭގަން ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދެމަފިރިން ވަނީ އެކި ޓޯކް ޝޯތަކާއި ޑޮކިއުމެންޓްރީތަކުގައި ބައިވެރިވެފަ އެވެ. އަދި އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސެއް ވެސް ވަނީ ހަދައިފަ އެވެ.
މޭގަން ބޮޑަށް މަޝްހޫރުވީ 2012 އިން 2017 ވަނަ އަހަރާ ދެމެދު ގެނެސްދިން އެމެރިކާގެ ސީރީޒް "ސޫޓްސް" އިންނެވެ.
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
މޭގަން އަށް އެކްޓްކުރުމުގެ އިހުތިޔާރު ޝާހީ އާއިލާ އިން ދިން
މޭގަން މާކަލް ނޫސްވެރިޔަކަށް ވާން އުޅުއްވި
މޭގަންގެ ކެރިއަރު ބިނާކުރަން އެންޖެލީނާގެ އެހީ
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު
މޭގަން މާކްލް އަލުން ހޮލީވުޑަށް؟
މޭގަން މާކަލްއާ މެދު އާންމުން ދެކޭ ގޮތް ރަނގަޅު
މޭގަންގެ އެކްސެންޓް "އިނގިރޭސި ވެއްޖެ"
"ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
ލައިވް އެކްޝަން "މޮއާނާ"ގެ ޓީޒާއެއް އާންމުކޮށްފި